ވަޒީފާގެ ފުރުޞަތު
ނަންބަރު: VHC-A/2015/IUL/02
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 08 މާރިޗު 2015 13:30
ވިލިނގިލީ ޞިއްޙީ މަރުކަޒު، މާލެ
ދިވެހިރާއްޖެ
ރިޝެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމު

ރިޝެޕްޝަނިސްޓް

މަޤާމުގެ ކްލެސިފިކޭޝަން

 އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް

 GS 2

ބޭނުންވާ އަދަދު

3 (ތިނެއް)

މުސާރަ

މަހަކު -/4000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ވިލިނގިލީ ޞިއްޙީ މަރުކަޒު /  އެޑްމިނިސްޓޭޝަން

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މި މަރުކަޒުގެ ރިސެޕްޝަނުގައި ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ބަލިމީހުންނާއި ޑޮކްޓަރުންނަށް އެހީތެރިވެދިނުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

( މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށް ފަހުގައެވެ.)

ޢިނާޔަތްތައް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ހުށަހަޅަންޖެހޭ ލިޔުންތައް
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ  ތާރީޚްތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. 

ސުންގަޑި

2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ވިލިނގިލީ ޞިއްޙީ މަރުކަޒުގެ އޮފީހަށް.

(2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން 2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި، ވިލިނގިލީ ޞިއްޙީ މަރުކަޒުގައި.
އިތުރު މަޢުލޫމާތު މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3391019 ނަންބަރު ފޯނާ އެވެ. ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.
 3 ޖުމާދަލްއޫލާ 1436
 

 

 

22 ފެބުރުވަރީ 2015