ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލުން:
2023 ސެޕްޓެމްބަރ މަހުގެ 14 ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ ކަންތައްތައް އިންތިޒާމްކޮށް އެކަންތައްތައް ހިންގަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)320-ADHR/320/2023/140 (21 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 03 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަމްބަރ 6608303 އަށް ގުޅުއްވުން އެދެމެވެ.
15 ޞަފަރު 1445ހ