ދިވެހިރާއްޖެ
(IUL)337/337/2023/90 ނަންބަރ
އިޢުލާން
ކ. މާފުށީ އީ ސެންޓާރުގައި ފާހަނާއެއް އިމާރާތް ކޮށްދިނުމާއި ގުދަނުގެ މަރާމާތުތަށް ކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކ. މާފުށީ އީ ސެންޓަރުގައި ފާހަނާއެއް އިމާރާތް ކޮށްދިނުމާއި ގުދަނުގެ މަރާމާތުތަށް ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް ބީލަން ރަޖިސްޓްރީ ކުރުމާއި، މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ނަން ނޯޓްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. އަދި މައުލޫމާތު ކަރުދާސް މި އިއުލާނާއިއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
ބީލަން ރަޖިސްޓްރީ ކުރުން: |
7 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ 12:00 ގެކުރިން |
މަޢުލޫމާތު ސާފުކުރުން: |
5 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި |
އަންދާސީ ހިސާބު ހުށަހެޅުން: |
7 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި |
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
31 އޮގަސްޓް 2023