ތަމްރީނު
ނަންބަރު: 170-AD/I/2015/03
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 26 ފެބުރުވަރީ 2015 14:00
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
2015 މާރިޗުމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

2015 ވަނަ އަހަރުގެ މާރިޗުމަހު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

2015 ވަނައަހަރުގެ މާރިޗުމަހު ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޢަރަބި ބަހުގެ ސެޓުފިކެޓު 1

ވީމާ، މި ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 26 ފެބްރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ކުއްލިއްޔާގެ ކައުންޓަރުންނެވެ.

މަތީގައި ދެންނެވުނު ކޯހަށް ބޭނުންވާ ތަޢުލީމީ މިންގަޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެފީ

ސެޓުފިކެޓު ލެވެލް 1

ޢަރަބި ބަހުގެ ސެޓުފިކެޓު 1

ހ. ފަށާ ތަޢުލީމުގެ މިންވަރަށް ތަކެތި (ލިޔަން، ކިޔަން، ވާހަކަދައްކަން) ދަންނަ މީހަކު ކަމުގައިވުމާއެކު،

ޢުމުރުން 16 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައިވުން.

ހެނދުނު

90

6 މަސް (1 ސެމިސްޓަރ)

ހިލޭ

 

 

 

 

ނޯޓް:

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ދެވޭ އިރުޝާދު

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 02 ފޮޓޯ.
  • އެންމެ ފަހުން އުޅުނު ސްކޫލް/ކޮލެޖްގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ. (ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާ ނުވަތަ ސަނަދެއް ހުށަހަޅާފައިނުވާނަމަ)
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސް ކުރިން ކުއްލިއްޔާއަށް ހުށަހަޅަންވާނެއެވެ.
  • ރަޖިސްޓްރޭޝަން އޮންނާނީ 1 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 09:00 ން 12:00 އަށެވެ.
  • ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އޮރިއެންޓޭޝަން އޮންނާނީ 1 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ރަޖިސްޓްރޭޝަނަށް ފަހުގައެވެ.  
  • ކޯހުގެ ކިޔެވުން ފެށޭނީ 3 މާރިޗު 2015 ވާ ހޯމަ ދުވަހުގައެވެ.
  • މިކޯސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން ކޯހުގައި ބައިވެރިވުމުންނެވެ.
  • މިކޯހުގެ ކިޔެވުން އޮންނާނީ ހެނދުނު 8:10 ން މެންދުރު 12:00 އާ ދެމެދުގައެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3316870 ، 3312718 ނަންބަރަށެވެ. އަދި ލޭންގުއޭޖް ސެންޓަރުގެ 3331960 އާއި 7971550 ނަންބަރުންނެވެ.

ކޯހާބެހޭ މަޢުލޫމާތު ކުއްލިއްޔާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 ން 14:00 އަށެވެ.

19 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015