ދިވެހިރާއްޖެ
`
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ގަން
ދިވެހިރާއްޖެ.
ނަންބަރ (IUL)399-CA/399/2023/116 :
އިޢުލާން
އ.ތ.މ ކޮމެޓީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ބަށި މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އ.ތ.މ ކޮމެޓީ ފަރާތުން 2023 ސެޕްޓެމްބަރ 27 އިން 30 ގެ ނިޔަލައް ބޭއްވުމަށް ހަމަޖެހިފައިވާ ބަށި މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ހުޅުވާލެވިފައިވަނީ ރަޖިސްޓްރީ ކުރެވި ހިންގާ ކުލަބު ޖަމިއްޔާތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތާވަލްގައިވާ ގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
06 ސެޕްޓެމްބަރ 2023 ބުދަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް info@gan.gov.mv އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
2 |
މައުލޫމާތު ސާފުކުރުން |
މައުލޫމާތު ސާފުކުރުން އޮންނާނީ 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހު 13:00ގައެވެ. |
3 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ ގަމު ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800766 އެވެ.
31 އޯގަސްޓް 2023