ދިވެހިރާއްޖެ
- ރަތަފަންދޫ ސިނާޢީ ސރަޙައްދު 1 ނަންބަރު ބިން ކުއްޔަށް ދޫކުރުން.
ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 1 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
# |
ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
1 |
ސިނާޢި ސަރަހައްދު 1 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢީމާރާތްތަކާއެކު |
6587 އަކަފޫޓު |
658/70 ރުފިޔާ |
ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު
1- ޢިމާރާތް 20x54.58 ފޫޓުގެ ( އެތެރޭގައި 3 ކޮޓަރި ހިމެނިފައި ) އެޅިގަލުން ރާނައި ސިމެންތިޖަހައި ޖަންގަލީ ލަކުޑިއާއި ރުއްވަކަރުން މަތިވަޑާން އަރުވައި ދަގަނޑު ޓިނުން ހިޔާކޮށްފައި .
1- ކޮޓަރި 20x19.08 ފޫޓުގެ އެތެރޭގައި 6x7 ފޫޓުގެ ފާޚާނާއަކާއެކު އެތެރޭގައި ސިމެންތި ޖަހައި ތަޅުން އަޅައި ތަޅުމުގައި މުށިޖަހާފައި ދޮރުފަތެއްނެތް އަދި އެތެރޭގައި އެއްވެސް އެއްޗެއްނެތް .
1- ކޮޓަރި 20x20.25 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުން އަޅާފައި ދޮރުފަތެއްނެތް .
1- ކޮޓަރި 12x20 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުން އަޅާފައި ދޮރުފަތެއްނެތް .
1- ފެންވަޅު 4 ފޫޓު ޑައިމީޓަރުގެ ގޯތިތެރޭގައި
2- ޓޭންކް 4x7.5 ފޫޓުގެ އުސް 3 ފޫޓު އެތެރޭގައި މުށިޖަހާފައި ގޯތިތެރޭގައި .
1- ޓޭންކް މަސްދޮންނަބަޔާއެކު 4x11 ފޫޓުގެ އެތެރޭގައި މުށިޖަހާފައި
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް .
1- ލުއި ކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .
- އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް
1- އިޖުތިމާޢީގޮތުން 1 ނަންބަރު ބިމަށް ދެވޭ ޢިނާޔަތް މަހަކު -/1000 ރ އަށްވުރެ ކުޑަވެގެންނުވާނެއެވެ.
- ބިން ތަރައްގީކުރުން
1- މިބިން ތަރައްގީ ކުރުމަށް މިގޯތީގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް ރޭނުން .
ނަންބަރު ބިމުގެ ވަށާ އިންފާރު 18 މަސްދުވަހުގެ ތެރޭގައި ރާނައި ނިންމަންޖެހޭނެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
ބިން ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ 1 އަހަރު ދުވަހުގެ ކުއްޔާއި އެއަހަރު އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހޭނެއެވެ.
- ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
1- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
2- ކޮމްޕެނީ ޕްރޮފައިލް
- މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟
- މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅަ މަހުކުއްޔަށް |
50% |
|
ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން |
10% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
40% |
|
29 ރަބީޢުލްއާޚިރު 1436