ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 31 އޮގަސްޓް 2023 00:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކަނޑުހުޅުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023

މި އިޢުލާންވަނީ 16 އޮކްޓޫބަރު 2023 14:07 ގައި ބާތިލް ކުރެވިފައެވެ.


ގއ.ކަނޑުހުޅުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023

ތަޢާރުފާއި ނަން

1.

(ހ)

މިއީ ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓާއި 2000  އަކަފޫޓާއި ދެމެދުގެ  27 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ ،ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ރިޢާޔަތްކޮށް އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ)

މި އުސޫލަށް ކިޔާނީ [ގއ. ކަނޑުހުޅުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023] އެވެ،

މަޤުޞަދު:

2.

(ހ)

މި އުސޫލުގެ މަޤުޞަދަކީ، ގއ.ކަނޑުހުޅުދޫގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުގެ ތެރެއިން ދިރިއުޅުމަށްޓަކައި ދޫކުރާން ހަމަޖެހިފައިވާ ގޯތި ދޫކުރުމުގައި ޢަމަލުކުރެވޭނޭ އުސޫލުތަކާއި ގޯއްޗަށް އެދޭ ފަރާތްތަކުން ފުރިހަމަކުރާން ޖެހޭ އިޖުރާޢަތްތައް ބަޔާންކުރުމެވެ.

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު މަޤުޞަދުގެ އިތުރުން، މި އުސޫލުގެ މަޤުޞަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހާސިލުކުރުން ހިމެނެއެވެ.

  1. 1.             ގޯތި ދޫކުރުމުގެ މަސައްކަތް ހަމަހަމަކަމާއި އިންސާފުވެރިކަމާއި، އަދި  ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުން؛
  2. 2.             ގޯތި ދޫކުރެވޭ ފަރާތްތަކަކީ ބޯހިޔާވަހިކަމުގެ ޒަރޫރަތެއް އޮތް، އަދި ބިމުގެ ތަނަވަސްކަން ކުޑަ މީހުންކަން ކަށަވަރުކުރުން؛
  3. 3.             ގޯތި ދޫކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމާއެކު އެ ކޮމިޓީގެ މަސްއޫލިއްޔަތު ބަޔާންކުރުން.

ވިލަރެސްކުރާ ކޮމިޓީ

ވިލަރެސްކުރާ ކޮމިޓީ އެކުލަވައިލުން

3.

(ހ)

މި އުސޫލު ގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި، އަންނަނިވި ދާއިރާތައް ތަމްސީލުވާ ގޮތަށް 10 (ދިހަ) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވިލަރެސްކުރާ ކޮމެޓީއެއް، މި ގަވާއިދަށް ޢަމަލުކުރާން ފަށާތާ 10 (ދިހަ) ދުވަސް ތެރޭ ކައުންސިލުން އެކުލަވައިލާން ވާނެއެވެ.

  1. 1.             ކައުންސިލް ތަމްސީލުކުރާ 5 (ފަސް) މެންބަރުން
  2. 2.             ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އެ އިދާރާއިން ކަނޑައަޅާ މުވައްޒަފެއް
  3. 3.             އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަމްސީލުކުރާ މެމްބަރެއް
  4. 4.             އާންމު ރައްޔިތުންގެ ތެރެއިން 2 (ދޭއް) މެންބަރުން

 

(ށ)

މި މާއްދާގެ (ހ) ގެ ދަށުން ވިލަރެސްކުރާ ކޮމިޓީއަށް ޢައްޔަނުކުރާނޭ މެންބަރުން ހޮވުމުގައި ޢަމަލުކުރާނީ، ކައުންސިލުން އެ ކަމަށްޓަކައި ބާއްވާ ބައްދަލުވުމެއް ގައި ފާސްކޮށްފައިވާ ގޮތުގެ މަތިންނެވެ.

ވިލަރެސްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް

4.

 

 

 

 

މި އުސޫލުގެ ދަށުން އެކުލަވައިލެވޭ ވިލަރެސްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:

 

(ހ)

ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދާއި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު، ގޯތި ދިނުމާ ގުޅޭ ގޮތުން ކުރާން ޖެހޭ އެންމެހައި ކަންކަންކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން؛

(ށ)

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާ ގައި ވާ އުސޫލުން ގޯތި ދޭން ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުން؛

(ނ)

ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ހުށަހެޅުން ބެލުމަށް ފަހު، މި އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑު ގައި ވާ ގޮތުގެ މަތިން، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން؛

(ރ)

ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކަށް، އެ ކަމުގެ ސަބަބާ އެކު ލިޔުމުން ޖަވާބުދާރީވުން؛

(ބ)

މި އުސޫލު ގައި ވާ ގޮތުގެ މަތިން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނޭ ނިޒާމެއް ޤާއިމްކުރުމާ އެކު، ކޮމިޓީއަށް ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުން؛

(ޅ)

މި އުސޫލު ގައި ބަޔާންކޮށްފައި ނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމުގައި ގޮތް ނިންމުން؛

(ކ)

މި ނޫނަސް، މި އުސޫލު ތަންފީޒުކުރުމުގެ ގޮތުން، ކުރާން ޖެހޭ އެންމެހައި ކަންކަންކުރުން.

ވިލަރެސްކުރާ ކޮމިޓީގެ އުމުރު

5.

 

މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ވިލަރެސްކުރާ ކޮމިޓީގެ ދެމިއޮންނާނީ، ކައުންސިލުން ކޮމެޓީ އުފައްދާ ޤަރާރު ފާސްކުރާ ތާރީޚުން ފެށިގެން މި އުސޫލުގެ ދަށުން ކޮމެޓީއާ މަތިކުރެވޭ މަސްއޫލިއްޔަތުތައް ފުރިހަމަކޮށް، ގޯތި ދޫކުރާން ކަނޑައެޅޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އެ ލިސްޓު ގައި ހިމެނޭ ފަރާތްތަކަށް ހަމަޖެއްސޭ ގޯތި ކަނޑައަޅާން ކުރިއަށް ގެންދެވޭ ގުރުއަތު ނެގުމުގެ ބައްދަލުވުން ނިންމުމަށް ފަހު، ގޯތި އެ ފަރާތްތަކާ ހަވާލުކުރާން ކައުންސިލާ ހަވާލުކުރެވޭ ތާރީޚާ ހަމައަށެވެ.

ދޫކުރެވޭ ގޯތިތަކުގެ ތަފުސީލު

ގޯތި ދޫކުރާން ކަނޑައެޅިފައިވާ ސަރަޙައްދު

6.

(ހ)

މި އުސޫލު ގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރާން ހަމަޖެހިފައިވަނީ، ރަށުގެ ބިނާވެށި ޕްލޭނުގައި އެ ކަމަށްޓަކައި ކަނޑައަޅައިފައިވާ ސަރަޙައްދުން

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަޙައްދުގެ ތެރެއިން ދޫކުރާން ހަމަޖެހިފައިވަނީ 1500 އަކަފޫޓާއި 2000  އަކަފޫޓާއި ދެމެދުގެ 27 ގޯއްޗެވެ.

ގޯއްޗަށް ކުރިމަތިލުމުގެ މަރުޙަލާ

ގޯއްޗަށް ކުރިމަތިލާން ހުޅުވައިލުން

7.

 

މި އުސޫލު ގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރާން ހަމަޖެހުމުން، ތިރީގައި ވާ ކަންކަން އެނގޭނޭ ހެން، އާންމުކޮށް އިޢުލާންކުރާން ވާނެއެވެ.

(ހ)

ގޯތި ދޫކުރެވޭ ސަރަޙައްދާއި، ދޫކުރެވޭ ގޯތީގެ އަދަދާއި ބޮޑުމިން

(ށ)

ގޯއްޗަށް ކުރިމަތިލާއިރު ހުށަހަޅާން ޖެހޭ ފޯމުގެ ނަމޫނާއާއި، ފޯމާ އެކު ހުށަހަޅާން ޖެހޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުމުގެ ތަފުސީލު (ފޯމާއެކު ހުށަހަޅާން ޖެހޭ ތަކެތީގެ ލިސްޓު މި އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.)

(ނ)

ގޯއްޗަށް ކުރިމަތިލެވޭނޭ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުޠުތައް

(ރ)

ގޯތި ދޫކުރާއިރު، ވަކި ޝަރުޠުތަކަކަށް އެއްބަސްވާން ޖެހޭ ނަމަ، އެ ފަދަ ޝަރުޠުތަކުގެ ތަފުސީލު

(ބ)

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ މިންގަނޑު

(ޅ)

ގޯއްޗަށް ކުރިމަތިލުމުގައި ޢަމަލުކުރާންވީ ގޮތުގެ އިރުޝާދު (ފޯމު ހުށަހަޅާން ޖެހޭ ތަނާއި ވަގުތާއި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާއި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގައި ޢަމަލުކުރާންވީ ގޮތުގެ އިރުޝާދު)

ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނާން ޖެހޭ ޝަރުޠުތައް

8.

 

މި އުސޫލުގެ 7 ވަނަ މާއްދާގެ ދަށުން ގޯއްޗަށް ކުރިމަތިލާން އެދި ހުޅުވައިލައި ކުރެވޭ އިޢުލާނު ގައި ވާ ގޮތުގެ މަތިން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

(ހ)

މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ)

ރާއްޖޭގެ އެއްވެސް ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، އެ މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައިވާ ނަމަ މި ފަދަ ބައެއް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލާން އެއްބަސްވުން.

(ނ)

ސަރުކާރުން ހަދައިފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައި ނެތުން ނުވަތަ ލިބިފައިވާ ފްލެޓް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލާން އެއްބަސްވުން (އެ ފަދައިން ފްލެޓް ދޫކޮށްލާން އެއްބަސްވާކަމުގެ އިޤުރާރު ފޯމާ އެކު ހުށަހަޅާންވާނެއެވެ)

(ރ)

ސަރުކާރުން ހަދައިފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ ގެއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް، އެ މީހެއްގެ ނަމުގައި އޮވެ، މި ފަދަ ތަނެއް ދޫކޮށްލައި ނުވަތަ ވިއްކައިފައި ވާތާ 20 (ވިހި) އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން.

ގޯތި ނުވަތަ ފްލެޓް ދޫކޮށްލުން

9.

(ހ)

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ ބޭނުމަށް އަމިއްލަ ނުވަތަ ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ލިބިފައިވާ ބައި، ގޯއްޗެއް ލިބިގަތުމުގެ ބޭނުމުގައި، ދޫކޮށްލާނީ ދޫކޮށްލާ ގޯތީގައި އިތުރު ބެހެނިވެރިއެއް ހުރި ނަމަ އެ ފަރާތަކަށެވެ. އަދި ދޫކޮށްލާ ގޯތީގެ ބެހެނިވެރިއެއް ނެތް ހާލަތުގައި ދައުލަތަށެވެ.

(ށ)

ދޫކޮށްލާ ގޯއްޗަކީ އަމިއްލަކޮށްފައިވާ ގޯއްޗެއް ނަމަ އެ ތަނުގެ އަގު އެ ތަން ލިބޭ، އެއްމެދު މިލްކުވެރިން ނުވަތަ ދައުލަތުން ގޯތި ދޫކޮށްލާ ފަރާތްތަށް އަނބުރާ ދައްކާން ޖެހޭނެއެވެ.

(ނ)

ތަރިކައިން ދޫކޮށްލާ ބިމަކީ އަމިއްލަކޮށްފައިވާ ބިމެއް ނަމަ، ތަރިކައިގެ މައްސަލަ ހިނގާއިރު އަމިއްލަކުރާން ހޭދަކޮށްފައިވާ ޚަރަދު (ގޯތި ދޫކޮށްލާ ފަރާތަށް ލިބޭން އޮތް ބައިގެ އަކަފޫޓަށް ޖެހޭ ވަރުގެ އަގު) އެ ގޯތީގެ ބައި، ދެން ލިބޭ ވާރުތަވެރިން ނުވަތަ ކައުންސިލުން ގޯތި ދޫކޮށްލި ފަރާތަށް ދޭން ވާނެއެވެ.

(ރ)

ލިބިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯތި ދޫކޮށްލާން އެއްބަސްވުމުން، އަލަށް ނަގާ ގޯތި އެ ފަރާތަށް ރަޖިސްޓްރީކޮށްދެވޭނީ ދޫކޮށްލި ގޯތީގެ ރަޖިސްޓްރީއިން އެ ފަރާތުގެ ނަން އުނިވުމުންނެވެ.

(ބ)

ދޫކޮށްލަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ލިބިފައިވާ ފްލެޓެއް/ ރޯ ހައުހެއް ނުވަތަ ހައުސިންގ ޔުނިޓެއް ނަމަ، އެ ތަނެއް ދޫކޮށްލާނީ އެ ޕްރޮޖެކްޓެއްގެ ބެލެނިވެރި ނުވަތަ ހިންގި ފަރާތަށްކަން.

(ޅ)

ތަރިކައިން ލިބޭން އޮންނަ ގޯތި ދޫކޮށްލީމާ މި ތަން ލިބޭނީ މި ގޯތީގެ ދެން ތިބި ވާރުތަވެރިންނަށެވެ. އަދި މި ގޯތީގެ އިތުރުން ވާރުތަވެރިއެއް ނެތް ހާލަތުގައި އެ ބައެއް ދޫކޮށްލާން ވާނީ ދައުލަތަށެވެ.

(ކ)

ތަރިކައިން ލިބޭން އޮންނަ ބައި ދޫކޮށްލާން އެއްބަސްވާ ފަރާތްތަކުގެ މަޢުލޫމާތު އެ ފަރާތްތަކުން އެ ކަމަށް އެއްބަސްވާ އިޤުރާރާ އެކު ކަމާ ބެހޭ ޝަރުޢީ ކޯޓަށް ގޯތި ދޫކުރާ އިދާރާއިން ޙިއްޞާކުރާން ވާނެއެވެ.

ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަ ނުވާ ފަރާތްތައް ކަނޑައެޅުން

10.

(ހ)

ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލާ ކުރާ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 20 (ވިހި) ދުވަހުގެ ތެރޭގައި، އެ އިޢުލާނާ ގުޅިގެން ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މި އުސޫލުގެ 8 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަ ނުވާ ފަރާތްތަކަށް، ޝަރުޠު ފުރިހަމަ ނުވާ ސަބަބު ބަޔާންކޮށް ލިޔުމުން އަންގާން ވާނެއެވެ.

(ށ)

ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާކަމަށް ކަނޑައަޅައިފައިވާ ފަރާތެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނުވަތަ ޝަރުޠެއް އުނިވެއްޖެކަން ގޯއްޗަށް ކުރިމަތިލާން ހުށަހަޅާ ފޯމު ހުށަހެޅި ފަހުން އެއްވެސް މަރުޙަލާއެއް ގައި ހާމަވެއްޖެ ނަމަ، ގޯތި ދޫކުރުމުގެ މަސައްކަތް އެ ވަގުތު އޮތް މަރުޙަލާއަކާ ހިސާބުން، އެ ފަރާތެއްގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި، އެ ކަމުގެ ސަބަބާ އެކު ލިޔުމުން އެ ފަރާތަކަށް އަންގާން ވާނެއެވެ.

 

 

ގޯތި ދޫކުރުން

ގޯތި ދޫކުރެވޭ ފަރާތްތައް ކަނޑައެޅުން

11.

(ހ)

ގޯއްޗަށް ކުރިމަތިލައިފައިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރެވޭނީ، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ ގޯތި ދޫކުރުމުގައި ޕޮއިންޓް ދެވޭނޭ މިންގަނޑު ގައި ވާ ގޮތުގެ މަތިން ޕޮއިންޓް ދިނުމަށް ފަހު، އެންމެ މަތިން ޕޮއިންޓް ލިބޭ 27 މީހަކަށެވެ.

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގޯތި ދޫކުރެވޭ 27 މީހުން ހޮވުމުގައި، އެއް އަދަދަކަށް ޕޮއިންޓް ލިބިގެން 27 ވަނައަށް އެކަކަށް ވުރެ ގިނަ މީހުން ހޮވިފައިވާ ނަމަ، އެންމެ ފަހު ގޯތި ލިބޭ މީހެއް ކަނޑައަޅާނީ އެއްވަރަކަށް ޕޮއިންޓް ލިބުނު މީހުންގެ މެދު ގައި މި އުސޫލުގެ 12 ވަނަ މާއްދާ ގައި ވާ ގޮތުގެ މަތިން ގުރުއަތުލައިގެންނެވެ.

(ނ)

މި މާއްދާގެ ބޭނުމަށްޓަކައި ދެމަފިރިންގެ ގޮތުގައި ބެލެވޭނީ، މި އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލާން ކުރެވޭ އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅިއިރު ދެމަފިރިންގެ ގޮތުގައި ތިބި މީހުންނަށެވެ. އަދި ގޯތި ހަވާލުކުރުމުގެ ކުރިން ދެމަފިރިން ވަރިވެފައިވާ ނަމަ ގޯތި ލިބޭނީ އެ ދެ މީހުން ކުރެ، ދެ މީހުންގެ މެދު ގައި ގުރުއަތުލައިގެން އަދި ގޯތި ރަޖިސްޓްރީކޮށްދެވޭނީ ދެމަފިރިންގެ ގޮތުގައި ތިބެ ލީ ފޯމުގެ މައްޗަށް ރިޢާޔަތްކޮށް ދެ މީހުންގެ މައްޗަށެވެ.

(ރ)

ގޯތި ހޯދަން އެދި ވަކި ފަރުދަކަށް ފޯމް ހުށަހެޅިދާނެއެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއް ވެސް ހުށަހެޅިދާނެއެވެ. ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވެވޭނީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ގޯތީގެ ބެހެނިވެރިންނަށެވެ. (ޓައިޓްލް ހޯލްޑަރސް)

ގުރުއަތުލުން

12.

(ހ)

މި އުސޫލުގެ 11 ވަނަ މާއްދާ ގައި ބަޔާންކުރާ ގޮތުގެ މަތިން، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން އެއްވަރަށް ޕޮއިންޓް ލިބޭ މީހުންގެ މެދު ގައި ގުރުއަތުލުން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ވިލަރެސްކުރާ ކޮމިޓީގެ ބައްދަލުވުމެއް ގައެވެ.

(ށ)

މި މާއްދާގެ (ހ) ގެ ދަށުން ގުރުއަތު ނެގުމަށްޓަކައި ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުމަށް ގުރުއަތުގައި ހިމެނޭ ފަރާތްތަކަށް 48 (އަށާޅީސް) ގަޑިއިރު ކުރިން ބައްދަލުވުމަށް ހާޒިރުވާން ލިޔުމުން ނޯޓިސް ފޮނުވާން ވާނެއެވެ.

(ނ)

ދެ މީހުން، ނުވަތަ އެއަށް ވުރެ ގިނަ މީހުންގެ މެދު ގައި ނެގޭ ގުރުއަތުލުމުގައި ގުރުއަތު ނަގާނީ ފޯމު ހުށަހެޅި މީހާ ނުވަތަ އޭނާ ލިޔުމުން ބާރުދީފައިވާ މީހެކެވެ.

(ރ)

ގުރުއަތުލުމަށް ހާޒިރު ނުވެވޭ މީހެއް ހުރި ނަމަ، ނުވަތަ އޭނާ ވަކި މީހަކަށް ލިޔުމުން ބާރުދީފައި ނުވާ ނަމަ، ނުވަތަ ގުރުއަތު ނެގުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރު ނުވާ ނަމަ، އޭނާގެ ބަދަލު ގައި ގުރުއަތު ނަގާނީ ކޮމިޓީގެ މެންބަރެކެވެ.

ގޯތި ދޫކުރެވޭ މީހުންގެ ލިސްޓުން ނަން އުނިކުރުން

13.

 

މި އުސޫލުގެ 10 ވަނަ މާއްދާއާ އެއްގޮތަށް ގޯތި ލިބޭ 27 މީހުންގެ ތެރެއިން އެއްވެސް މީހުންގެ ނަން އުނިވެއްޖެ ނަމަ، ނުވަތަ ގޯތި ބާޠިލުކުރަން ޖެހިއްޖެ ނަމަ، އެ މީހުންގެ ނަން ލިސްޓުން އުނިކުރުމަށް ފަހު އަލުން ލިސްޓު ތަރުތީބުކުރަން ވާނެއެވެ. މި ގޮތުގެ މަތިން ލިސްޓު އަލުން ތަރުތީބުކުރަން ވާނީ މި އުސޫލުގެ 10 ވަނަ މާއްދާ ގައި ވާ ގޮތުގެ މަތިންނެވެ.

ގޯތި ދޫކުރެވޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުން

14.

(ހ)

ގޯއްޗަށް ކުރިމަތިލާން ފޯމު ހުށަހަޅާ ތާރީޚުން ފެށިގެން 27 ދުވަސް ތެރޭ މި އުސޫލުގެ 10 ވަނަ މާއްދާ ގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރާން ކަނޑައެޅޭ 27 މީހުންގެ ވަގުތީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު ގައި އާންމުކުރާން ވާނެއެވެ.

(ށ)

މި މާއްދާގެ (ހ) ގެ ދަށުން އާންމުކުރެވޭ ވަގުތީ ލިސްޓު ގައި އަންނަނިވި މަޢުލޫމާތު ހިމަނާންވާނެއެވެ.

  1. 1.             ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  2. 2.             ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުން ހުށަހެޅި ފޯމުގެ ރިފަރެންސް ނަންބަރު
  3. 3.             ޕޮއިންޓް ދިނުމުގެ މަރުޙަލާ ގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް

(ނ)

މި މާއްދާގެ (ހ) ގެ ދަށުން އާންމުކުރެވޭ ވަގުތީ ލިސްޓާ އެކު، އެ ލިސްޓަށް ޝަކުވާ ހުށަހަޅާން ފުރުޞަތު ހުޅުވައިލާން ވާނެއެވެ. މި އިޢުލާނު ގައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި ޝަކުވާ ހުށަހެޅުމުގައި ޢަމަލުކުރާންވީ ގޮތުގެ ތަފުސީލު ހިމަނާން ވާނެއެވެ.

(ރ)

މި މާއްދާގެ (ނ) ގައި ވާ ގޮތުގެ މަތިން ޝަކުވާ ހުށަހަޅާން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިބިފައިވާ ޝަކުވާތައް ބެލުމަށް ފަހު، އެ ޝަކުވާތަކާ މެދު ވިލަރެސްކުރާ ކޮމިޓީއިން ނިންމާ ގޮތެއް ޝަކުވާ ހުށަހެޅި މީހާއަށް ލިޔުމުން އަންގާން ވާނެއެވެ.

(ބ)

މި މާއްދާ ގައި ވާ ގޮތުގެ މަތިން ހުށަހެޅިފައިވާ ޝަކުވާތަކާ މެދު ރަސްމީ 7 (ހަތް) ދުވަސް ތެރޭ ވިލަރެސްކުރާ ކޮމިޓީއިން ގޮތް ނިންމަން ވާނެއެވެ.

(ޅ)

ހުށަހެޅޭ ޝަކުވާއެއްގެ ސަބަބުން، ނުވަތަ އެ ފަދަ ޝަކުވާއަކާ ގުޅިގެން ވިލަރެސްކުރާ ކޮމެޓީއިން ހޯދި ހޯދުމަކުން ގޯތި ލިބޭ މީހެއް ވަގުތީ ލިސްޓުން އުނިކުރަން ޖެހިއްޖެ ނަމަ، މި އުސޫލުގެ 15 ވަނަ މާއްދާއާ އެއްގޮތަށް ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު  އާންމުކުރާއިރު ތަރުތީބުކުރަން ވާނެއެވެ.

(ކ)

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުގެ ކުރިން، ގޯއްޗަށް އެދި ފޯމު ހުށަހަޅައިފައިވާ މީހެއް ނިޔައުވެއްޖެ ނަމަ، ދާއިމީ ލިސްޓު އާންމުކުރަން ވާނީ، ނިޔާވި މީހާގެ ނަން އުނިކޮށް، ލިސްޓު އަލުން ތަރުތީބުކުރުމަށް ފަހުއެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުން

15.

(ހ)

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހަޅާން ހުޅުވައިލެވޭ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ދިރާސާކޮށް ބެލުމަށް ފަހު، ލިސްޓަށް އުނިއިތުރެއް ގެންނަން ޖެހޭ ނަމަ އެ އުނިއިތުރެއް ގެނައުމަށް ފަހު 15 (ފަނަރަ) ދުވަސް ތެރޭ ގޯތި ލިބޭ 27 ފަރާތުގެ ދާއިމީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު ގައި އާންމުކޮށް ޝާޢިއުކުރާން ވާނެއެވެ.

(ށ)

މި މާއްދާގެ (ހ) ގެ ދަށުން އާންމުކުރެވޭ ދާއިމީ ލިސްޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. 1.             ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  2. 2.             ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހާ ހުށަހެޅި ފޯމުގެ ރިފަރެންސް ނަންބަރު
  3. 3.             ޕޮއިންޓް ދިނުމުގެ މަރުޙަލާ ގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހާއަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް

(ނ)

މި މާއްދާގެ (ހ) ގެ ދަށުން ގޯތި ދޫކުރެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރާންކުރެވޭ އިޢުލާނުގައި ގޯތި ދޫކުރެވޭ މީހަކަށް ކަނޑައެޅޭނޭ ގޯތިތައް ކަނޑައެޅުމަށްޓަކައި ބޭއްވޭ ގުރުއަތުލުމުގެ ބައްދަލުވުން ބޭއްވޭނޭ ތާރީޚާއި ގަޑި ހިމަނން ވާނެއެވެ.

ދާއިމީ ލިސްޓު ގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން

16.

(ހ)

ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގައިވާ މީހުންގެ މެދު ގައި ނުވަތަ އެ މީހުން ލިޔުމުން ބާރު ދީފައިވާ މީހުންގެ މެދު ގައި ގުރުއަތު ލައިގެންނެވެ. މި ގުރުއަތު ނަގަން ވާނީ ވިލަރެސް ކޮމެޓީގެ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުމެއް ގައެވެ.

(ށ)

ގުރުއަތު ނެގުން ކުރިއަށް ގެންދަން ވާނީ، ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދުން ދޫކުރާން ހަމަޖެހިފައިވާ ވަކިވަކި ގޯތިތަކަށް ދީފައިވާ ހިސާބު އަކުރު ބޭނުންކޮށްގެންނެވެ.

(ނ)

ގުރުއަތު ނަގާނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގައިވާ ލިސްޓުގެ ތަރުތީބުންނެވެ.

(ރ)

 

މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައްދަލުވުން ބާއްވާން ވާނީ އާންމުކޮށް ހުޅުވައިލައިގެންނެވެ. މި ގޮތުން ބޭއްވޭ ބައްދަލުވުމަށް ގޯތި ލިބޭ މީހާ ނުވަތަ އޭނާ ލިޔުމުން ބާރު ދީފައިވާ މީހާ ހާޒިރު ނުވާ ނަމަ، ގުރުއަތު ނަގާނީ ވިލަރެސްކުރާ ކޮމެޓީއިން ކަނޑައަޅާ މެންބަރެކެވެ.

ގޯތި ލިބޭ   ފަރާތުން ޢަމަލު  ކުރަންޖެހޭ ކަންކަން         

17

(ހ)

 

ގޯތިލިބިފައިވާ ފަރާތުން ގޯތި އިމަށް އަރާ ރުއްގަހަށް ބަދަލުދޭންޖެހޭނެއެވެ. މިފަދަ ރުއްގަހަށް ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތް ގއ.ކަނޑުހުޅުދޫ ކައުންސިލަށް އަންގަންވާނެއެވެ.

(ށ)

ގޯތީގެ އިމަށް އަރާ ރުއްގަސް ކަމަށް ބެލެވޭނީ އިމުގައި ނުވަތަ ގޯތީގެ އިމުގެ އެތެރޭގައި ހުންނަ ރުއްގަހެވެ.

(ނ)

ގޯތި ލިބޭ ފަރާތުން ގޯތީގައި ހުންނަ ރުއްގަހަށް ގޯތި ޙަވާލުކުރާތާ 03 މަސްދުވަހުގެ ތެރޭގައި ބަދަލުދިނުމުގެ މަސައްކަތްކޮށް ނިންމަން ވާނެއެވެ.

(ރ)

ގއ.ކަނޑުހުޅުދޫ ކައުންސިލުން ދައްކާ ބިމެއްގައި ކަނޑައެޅިފައިވާ މިންތަކަށް ގޯތީގެ ކޮންމެ ކަނެއްގައި އިންވަކިކުރުމަށް ބިމުން މައްޗަށް 6 އިންޗި ފެންނަން ހުންނާނޭ ގޮތަށް ކޮންމެ ފަރާތަކަށް 18 އިންޗީގެ ކަންމުޑި ޖަހަންވާނެވެއެވެ. އަދި މަގާއި ގޯޅިތައް ކައުންސިލުން އަންގާ ގޮތަކަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.

(ބ)

ގޯތި ޙަވާލުކުރެވާތާ  3 މަސްދުވަސް ތެރޭގައި ގޯއްޗަށް ނަމެއްކިޔައި، އެނަމުގައި ގޯތި ރަޖިސްޓްރީ ހައްދަން ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ޅ)

ގޯތި ޙަވާލުކުރެވިފައިވާ ތާރީޚުން ފެށިގެން ގޯތި ލިބުނު ފަރާތުން ، 05 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި އިމާރާތްކޮށްގެން ދިރިއުޅެން ފަށަންވާނެއެވެ. މިގޮތުން މިމުއްދަތުގެ ތެރޭގައި ގޯތީގައި އިމާރާތެއް ކޮށްފައި ނުވާނަމަ ގޯތި ބާޠިލް ކުރެވޭނެއެވެ.

(ކ)

މަގުމަތީ ފާރު ނުވަތަ ފާރުން ބައެއް ނަމަވެސް ތަޅާލަންވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. އަދި ކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ މަގުމައްޗަށް  ދޮރު ކެނޑުމާއި ، ދޮރާށި ހުރިތަން ނޫން ތަނަކަށް ބަދަލުކުރުމަކީ މަނާކެމެކެވެ.

(އ)

ގޭގެ ނަމާއި ނަންބަރު އެނގޭ ގޮތަށް މަގުމައްޗަށް ފެންނާނެހެން ނަންބަރު ބަހައްޓަންވާނެއެވެ.

(ވ)

ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާމަގު ތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.

އުސޫލަށް ބަދަލުގެނައުން

އުސޫލަށް ބަދަލުގެނައުން

18.

(ހ)

މި އުސޫލު ގައި ބަޔާންކޮށްފައި ނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމެއް ގައި ގޮތް ނިންމާނީ ވިލަރެސްކުރާ ކޮމެޓީގެ ބައްދަލުވުމެއް ގައި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ގޮތުން ނިންމާ ކަންކަން، މި އުސޫލަށް ގެންނަ އިޞްލާޙެއްގެ ސިފައިގައި އާންމުކޮށް ޝާއިޢުކުރާން ވާނެއެވެ.

(ށ)

މި އުސޫލަށް ބަދަލުގެނެސް އިޞްލާޙުކުރެވޭނީ ވިލަރެސްކުރާ ކޮމެޓީއަށެވެ. އަދި މި ގޮތުން ގެނެވޭ ބަދަލުތައް ދިވެހި ސަރުކާރުގެ ގެޒެޓު ގައި ޝާއިޢުކުރާން ވާނެއެވެ.

މާނަކުރުން

މާނަކުރުން

19.

(ހ)

މި އުސޫލުގެ ބޭނުމަށް އަންނަނިވި ބަސްތަކާއި ލަފުޒުތަކަށް ދީފައި ވަނީ ތިރީގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ.

  1. 1.             [ކައުންސިލް] ކަމަށް ބުނެފައިވަނީ، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލް.

(ށ)

މި އުސޫލުގެ ބޭނުމަށް މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނިހިމަނައެވެ.

ޢަމަލުކުރާން ފަށާ ތާރީޚް

20.

 

މި އުސޫލަށް ޢަމަލުކުރާން ފަށާނީ، ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އާންމު ބައްދަލުވުމުގައި މި އުސޫލު ފާސްކޮށް، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓު ގައި ޝާޢިއުކުރާ ތާރީޚުން ފެށިގެންނެވެ.

 

ޖަދުވަލު (1)(ފޯމާއެކު ހުށަހަޅާން ޖެހޭ ލިޔެކިޔުމާއި މަޢުލޫމާތުގެ ތަފުސީލު)

ގޯއްޗަށް އެދި ހުށަހަޅާ ފޯމާ އެކު ތިރީގައިވާ ލިޔުންތައް ހުށަހަޅާން ވާނެއެވެ.

(ފޯމާ އެކު ހުށަ ނާޅާ ލިޔުމެއްގެ މަޢުލޫމާތަށް ބިނާކޮށް ޕޮއިންޓެއް ނުދެވޭނެއެވެ)

1.             ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ފޮޓޯކޮޕީ

2.             ގޯއްޗަށް އެދޭ މީހާގެ އަނބި/ ފިރިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ފޮޓޯކޮޕީ

3.             ވަރި/ ކައިވެނީގެ ސެޓްފިކެޓުގެ ފޮޓޯކޮޕީ

4.             ގޯއްޗަށް އެދި ހުށަހަޅާ މީހާގެ އުފަން ދަރިން ދުނިޔޭގައި ތިބި ނަމަ އެ ކުދިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ފޮޓޯކޮޕީއާއި އެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ

5.             ފޯމް ހުށަހަޅާ މީހާއަކީ އެކަނިވެރި މަންމައެއް ނުވަތަ ބައްޕައެއް ނަމަ، ކައިވެނި ރޫޅި، ދަރި/ ދަރިން ބަލަމުންދަނީ ބައްޕަގެ ނުވަތަ މަންމަގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކަމުގައިވާ ނަމަ، އެ ދަރި/ ދަރިން ބެލެހެއްޓުން ހަވާލުވެފައިވާކަމުގެ ޝަރުޢީ ކޯޓެއްގެ ޞައްޙަ ލިޔުން ނުވަތަ މަންމަ ނުވަތަ ބައްޕަ ދަރި/ ދަރިން ބަލާކަން ބަޔާންކޮށް ކުދިންގެ މަންމަގެ ނުވަތަ ބައްޕަ ދޭ ލިޔުން

6.             ފޯމު ހުށަހަޅާ މީހާގެ ކައިވެނި ރޫޅިފައިވާ ހާލަތުގައި ހުރި ބައްޕައެއް ނަމަ، އުފަން ދަރި/ ދަރިން ބަލަހައްޓަމުންދަނީ މަންމަ ނުވަތަ އެހެން ފަރާތެއް ކަމުގައި ވަނީ ނަމަ، ބައްޕަ ދަރި/ ދަރިންނަށް ދޭން ޖެހޭ ޝަރުޢީ ޚަރަދު ދޭކަމުގެ ޝަރުޢީ ލިޔުމުގެ ޞައްޙަ ކޮޕީ ނުވަތަ ދަރިންގެ ޚަރަދު ދެނީ ކޯޓު މެދުވެރި ނުކޮށްކަމަށް ވަނީ ނަމަ ކުދިންގެ މަންމަ ނުވަތަ ބަލަހައްޓާ ފަރާތުން، ދަރި/ ދަރިންނަށް ބައްޕަ ޚަރަދުކުރާކަމަށް ބަޔާންކޮށް އެ ފަރާތުން ދޭ ލިޔުން ނުވަތަ އެ ފަރާތަކުން ކޮށްފައިވާ ޚަރަދު ދައްކުވައިދޭ ބެންކު ސްލިޕް

7.             އުފަން ދަރި/ ދަރިން ފިޔަވައި ޝަރުޢީ ގޮތުން، ކޯޓު މެދުވެރިކޮށް ބެލުން ހަވާލުކޮށްފައިވާ 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކު ނުވަތަ 1 (އެއް) ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ ކޯޓުން ނިންމި ގޮތް އަންގައިދޭ ފަދަ ލިޔުމުގެ ކޮޕީ

8.             ދާއިމީ ގޮތެއް ގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކު ގޯއްޗަށް އެދޭ މީހާގެ ބަލަދު ގައި ހުރި ނަމަ އެ ކުއްޖަކު ސަރުކާރުގެ ކަމާ ބެހޭ އިދާރާ ގައި ރަޖިސްޓްރީކުރެވިފައިވާކަމުގެ ލިޔުމުގެ ކޮޕީ

9.             ގޯއްޗަށް އެދި ފުރިހަމަކޮށް ހުށަހަޅާ ފޯމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ އެންމެހައި މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ފޮޓޯކޮޕީ

10.         ގޯއްޗަށް އެދޭ ފޯމާ އެކު، ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ލިބިފައިވާ ބައި ދޫކޮށްލާން ވާ އިޤުރާރާއި ތަރިކައިން ލިބޭން އޮންނަ ބައި ދޫކޮށްލާން ވާ އިޤުރާރު

 

 

ޖަދުވަލު (2) (ޕޮއިންޓް ދިނުމުގެ މިންގަނޑު)

 

ބަންޑާރަ ގޯއްޗަށް އެދޭ މީހުންގެ ހާލަތު ވަޒަންކުރުމުގައި ބޭނުންކުރާ މިންގަނޑު

2.1.             ކައިވެނީގެ ބައި

 

 

ޕޮއިންޓު

(ހ)

ކައިވެނިކޮށްގެން ހުރި ނަމަ

20

(ށ)

ފިރި/ އަނބި ނިޔައުވެ ހުވަފަތްވެފައި އަދި އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 1 (އެކެއް) ނުވަތަ 2 (ދެ) ކުދިން ތިބި ނަމަ

15

(ނ)

ފިރި/ އަނބި ނިޔައުވެ ހުވަފަތްވެފައި އަދި އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 3 (ތިނެއް) ނުވަތަ އެއަށް ވުރެ ގިނަ ކުދިން ތިބި ނަމަ

20

(ރ)

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީ ނަމަވެސް އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 1 (އެކެއް) ނުވަތަ 2 (ދެ) ކުދިން ތިބި ނަމަ

10

(ބ)

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީ ނަމަވެސް އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 3 (ތިނެއް) ނުވަތަ އެއަށް ވުރެ ގިނަ ކުދިން ތިބި ނަމަ

15

(ޅ)

ކައިވެންޏަށް 1 (އެއް) އަހަރު ވެފައިވާ ނަމަ، 1 (އެއް) ޕޮއިންޓް، އަދި އިތުރުވާ ކޮންމެ އަހަރަކަށް 1 (އެއް) ޕޮއިންޓް

(މި ބަޔަށް ގިނަވެގެން ދެވޭނީ 10 (ދިހަ) ޕޮއިންޓު.)

≤10

2.1.1.      ކައިވެނީގެ މުއްދަތަށް ޕޮއިންޓް ލިބޭނީ އިޢުލާންކުރި ތާރީޚާ ހަމައަށް ކައިވެނި މަތީގައި ދެމިތިބި މީހުންނަށެވެ. ކައިވެނި ރޫޅިފައިވާކަމަށް އަދި ކައިވެނިކޮށްގެންކަމުގައި ބަލާނީ، ގޯތި ދޫކުރާން އިޢުލާންކުރި ތާރީޚާ ހަމައަށެވެ. އަދި އަނބި/ ފިރި ނިޔައުވެ ހުވަފަތްވުމުގެ ހާލަތު އިންކަމަށް ބަލާނީ، ގޯތި ދޫކުރުމަށްކުރި އިޢުލާނުކުރި ތާރީޚާ ހަމައަށެވެ. ކައިވެނީގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅައިފައިވާ މީހުން ހުށަހަޅައިފައިވާ ވަރި/ ކައިވެނީގެ ސެޓްފިކެޓުތަކަށް ބަލައިގެންނެވެ. މީގެ އިތުރުން ކައިވެނީގެ މުއްދަތު ގުނުމުގައި ކައިވެނި ރުޖޫޢަކުރެވިފައިވާ ނަމަ ކައިވެނިކުރި ތާރީޚް ގުނާން ފަށާނީ އަލަށް އެ ދެމަފިރިންގެ ކައިވެނި ރުޖޫޢަކޮށްފައިވާ ތާރީޚުން ފެށިގެންނެވެ.

2.1.2.           ހުވަފަތްވެފައިވާ މީހާގެ ދަރި/ ދަރިން ތިބި ނަމަ ދަރި/ ދަރިން ބަލަމުން ނުގެންދާ ނަމަވެސް މި ބަޔަށް މާކްސް ލިބޭނެއެވެ.

2.1.3.           އުމުރުގެ ބައި ބަލާނީ، ގޯތި ދޫކުރާންކުރި އިޢުލާނުކުރި ތާރީޚާ ހަމައަށެވެ. އަދި މި ބައިން ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހުށަހަޅައިފައިވާ ފޯމާ އެކު ހުށަހަޅައިފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތުގެ މައްޗަށް ބަލައިގެންނެވެ.


2.2. 

ދަރިން ނުވަތަ ބެލުމުގެ ދަށުގައި ވާ ފަރާތްތަކުގެ ބައި

 

 

ޕޮއިންޓު

 

(ހ)

18 (އަށާރަ) އަހަރުން ދަށުގެ އުފަން ދަރިއަކު ހުރި ނަމަ

15

 

(ށ)

18 (އަށާރަ) އަހަރުން ދަށުގެ 1 (އެއް) ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 5 (ފަސް) ޕޮއިންޓު

(މި ބަޔަށް ގިނަވެގެން ދެވޭނީ 25 (ފަންސަވީސް) ޕޮއިންޓު)

25 ≤

 

(ނ)

ދާއިމީ ގޮތެއް ގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރި ނަމަ

5

 

(ރ)

ދާއިމީ ގޮތެއް ގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 (އަށާރަ) އަހަރުން ދަށުގެ 1 (އެއް) ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް 5 (ފަސް) ޕޮއިންޓު

(މި ބަޔަށް ގިނަވެގެން ދެވޭނީ 10 (ދިހަ) ޕޮއިންޓު)

≤ 10

 

(ބ)

ޞިއްޙީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދަރިން ލިބުމުން މަޙްރޫމްވެފައިވުން ނުވަތަ މި ފަދަ ކަމަކަށް ބޭސްކުރަމުންދާ ނަމަ (މި ކަން ސާބިތުކުރާން މި ކަން ބަޔާންކޮށް ޞިއްޙީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައި ވާ ނަމަ)

15

 

         

2.2.1.      ކައިވެނި ރޫޅިފައިވާ ހާލަތުގައި، މަންމަ ދަރި/ ދަރިން ބަލަމުން ގެންދާ ނަމަ (އެކަނިވެރި މައިން،) މި ބަޔަށް ޕޮއިންޓު ދެވޭނީ ދަރި/ ދަރިން ބަލަމުން ގެންދަނީ މަންމަގެ ފުރިހަމަ ޒިންމާގެ ދަށުން މަންމައާއި އެއް ގޭބިސީއެއް ގައި ކަމުގައިވާ ނަމައެވެ. އަދި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރެވޭނެއެވެ.

(ހ)     ކައިވެނި ރޫޅިފައިވާ ހާލަތުގައި ބައްޕަ ދަރި/ ދަރިން ބަލަމުން ގެންދާ ނަމަ (އެކަނިވެރި ބަފައިން)، މި ބަޔަށް ޕޮއިންޓް ދެވޭނީ ބައްޕަ ދަރި/ ދަރިން ބަލަމުންގެންދާކަމުގެ ޝަރުޢީ ކޯޓެއްގެ ލިޔުމެއް ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ކުއްޖާ ބަލާ ފަރާތަކީ ކޮބައިކަން ބަޔާންކޮށްދޭ ލިޔުން ހުށަހެޅުމުންނެވެ. ލިޔުމުގެ މުއްދަތު ގުނާނީ ގޯތި ދޫކުރާން އިޢުލާންކުރި ތާރީޚާ ހަމައަށެވެ.

(ށ)     ކައިވެނި ރޫޅިފައިވާ ހާލަތުގައި މަންމަ ދަރި/ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި މައިން)، އަދި ބައްޕަ ދަރި/ ދަރިންނަށް ޚަރަދުކުރަމުން ގެންދާ ނަމަ، ބައްޕަ ދަރި/ ދަރިންނަށް ޚަރަދުކުރާކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން ނުވަތަ ދަރިންގެ މަންމަގެ ފަރާތުން ބައްޕަ ދަރިންނަށް ޚަރަދު ދޭކަމުގެ ލިޔުން ނުވަތަ ފައިސާ ޚަރަދުކޮށްފައިވާކަމުގެ ރަޝީދު ހުށަހެޅުމުން އެ ދެ މީހުންނަށް ވެސް ކަނޑައެޅިފައިވާ ޕޮއިންޓު ލިބޭނެއެވެ. މި ލިޔުމުގެ މުއްދަތު ގުނާނީ ގޯތި ދޫކުރާން އިޢުލާންކުރި ތާރީޚާ ހަމައަށެވެ.

(ނ)    ފޯމު ހުށަހަޅާ ފަރާތުގެ ކައިވެނި ރޫޅިފައިވާ ހާލަތުގައި ހުރި ބައްޕައެއް ނަމަ، އުފަން ދަރި/ ދަރިން ބަލަހައްޓަމުން ދަނީ މަންމަ ނުވަތަ އެހެން ފަރާތެއް ކަމުގައިވަނީ ނަމަ، ބައްޕަ ދަރި/ ދަރިންނަށް ދޭންޖެހޭ ޝަރުޢީ ޚަރަދު ދޭކަމުގެ ޝަރުޢީ ލިޔުމުގެ ޞައްޙަ ކޮޕީ ނުވަތަ ދަރިންގެ ޚަރަދު ދެނީ ކޯޓު މެދުވެރި ނުކޮށް ކަމަށް ވަނީ ނަމަ ކުދިންގެ މަންމަ ނުވަތަ ބަލަހައްޓާ ފަރާތުން ދަރި/ ދަރިންނަށް ބައްޕަ ޚަރަދުކުރާކަމަށް ބަޔާންކޮށް އެ ފަރާތުން ދޭ ލިޔުން ނުވަތަ އެ ފަރާތަކުން ކޮށްފައިވާ ޚަރަދު ދައްކުވައިދޭ ބެންކް ސްލިޕަށް ރިޢާޔަތްކޮށް، ދަރި/ ދަރިން ބަލަހައްޓާ ފަރާތަކަށް ޕޮއިންޓު ދެވިދާނެއެވެ.

(ރ)     ދާއިމީ ގޮތެއް ގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މާކްސް ދެވޭނީ އެ ކުއްޖަކީ/ ކުދިންނަކީ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ކުއްޖެއް/ ކުދިންގެ ގޮތުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ ދަފްތަރު ގައި ލިސްޓުކުރެވިފައިވާ ކުއްޖަކު ކަމުގައި ވާ ނަމަ އެ ކަން އަންގައިދޭ ފަދަ ލިޔުމުގެ ކޮޕީއެއް ހުށަހެޅުމުންނެވެ. ދަފްތަރު ގައި ރަޖިސްޓްރީވެފައިވާކަމަށް ބަލާނީ ގޯތި ދޫކުރާން އިޢުލާންކުރި ތާރީޚާ ހަމައަށެވެ.

2.3.              ރަށްވެހިކަމުގެ ބައި

 

 

 

ޕޮއިންޓު

(ހ)

އުފަންވީއްސުރެ ރަށުގެ ރައްވެއްސެއް ނަމަ.

އުފަންވީއްސުރެ ގއ.ކަނޑުހުޅުދޫ ރަށްވެހިންކަމުގައި ބެލޭނީ އެއްވެސް އިރެއް ގައި ގއ.ކަނޑުހުޅުދޫ ރަށްވެހިންގެ ދަފްތަރުން އުނިކުރެވިފައި ނުވާ މީހުންނަށެވެ.

 

25

(ށ)

ރަށުގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ރަށުގައި ވަޒަންވެރިވެ ދިރިއުޅެމުން ގެންދާ ފަރާތަކަށް ކޮންމެ އަހަރަކަށް 2 ޕޮއިންޓު.

މި ބަޔަށް ޕޮއިންޓު ދިނުމުގައި މުއްދަތު ބަލާނީ ގޯތި ދޫކުރާން އިޢުލާނުކުރި ދުވަހުގެ ތާރީޚަށެވެ.

(މި ބަޔަށް އެންމެ ގިނަވެގެން ލިބޭނީ 25 ޕޮއިންޓެވެ.)

(މި ބަޔަށް ޕޮއިންޓު ދެވޭނީ ރަށުގައި ދިރިއުޅެމުންދާ މީހެއްކަން ކަށަވަރުކޮށް އޭނާ ހުށަހަޅާ ވަޒީފާ އަދާކުރާކަމުގެ ލިޔުން އަދި ދަރި/ ދަރިން ސްކޫލް ގައި އުޅޭކަން ސާބިތުކުރާން ހުށަހަޅައިފައިވާ ލިޔުންތަކަށް ބިނާކޮށް ލިޔުމުން އޭނާ ރަށުގައި ދިރިއުޅޭކަން ހާމަވާން އޮންނަ މުއްދަތައް ބަލައިގެންނެވެ.)

25     

2.3.1.      ރަށްވެހިކަމުގެ ބަޔަށް ޕޮއިންޓު ދެވޭނީ ގޯއްޗަށް އެދި ހުށަހަޅައިފައިވާ މީހާ ހުށަހަޅާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގައި ވާ މަޢުލޫމާތާއި ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ ގައި ވާ މަޢުލޫމާތަށް ބަލައިގެންނެވެ. ރަށްވެހިންގެ ރަޖިސްޓްރީގެ މަޢުލޫމާތު ގުނާނޭ އެންމެ ފަހު ތާރީޚަކީ މި ގަވާއިދުގެ ދަށުން ދޫކުރާ ގޯތި ހަވާލުކުރާ ދުވަހާ ހަމައަށެވެ. 

2.4.             އުނިކުރުން

 

 

 

ޕޮއިންޓު

(ހ)

ބަންޑާރަ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި  ދޫކޮށްފައި ނުވަތަ ރަޖިސްޓްރީވެފައިވުން

35

(ށ)

ގޯއްޗަށް އެދިފައިވާ މީހާގެ އަނބި ނުވަތަ ފިރިމީހާ ނުވަތަ 18 (އަށާރަ) އަހަރު ނުފުރޭ (ދަރިއެއްގެ ނަމުގައި) ސަރުކާރުން ދޫކުރާ ގޯއްޗެއް، ފްލެޓެއް، ރޯހައުހެއް ނުވަތަ އެއްމެދު އިމާރާތެއް ރަޖިސްޓްރީކުރެވިފައިވާ ނަމަ

35

(ނ)

ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއް ކުރިން ލިބި، އެ ގޯތި އެހެން މީހަކަށް ދީފައި ނުވަތަ ވިއްކައިލައިފައިވުން

65

(ރ)

ގޯއްޗަށް ކުރިމަތިލާ ފަރާތަކީ ރަށުގެ ރަށްވެއްސެއް ކަމުގައި ނުވުން

35

2.4.1.      ގޯއްޗެއް ނުވަތަ ފްލެޓެއް އެއްވެސް ފަރާތެއްގެ ނަމުގައި ވާކަމުގައި ނުވަތަ ލިބިފައިވާކަމުގައި ބަލާނީ އެއްވެސް އިރެއް ގައި [ގޯތީގެ ރަޖިސްޓްރީ] ނުވަތަ [އިމާރާތާއި ގޯތީގެ ރަޖިސްޓްރީ] ހަދައިފައިވާ ނަމަ ނުވަތަ ޝަރުޢީ ކޯޓަކުން ސަރިޔަތް ނިންމައިފައިވާކަމުގެ ލިޔުން (ޝަރިއަތް ނިމުނުގޮތުގެ ޚުލާޞާ) ދޫކޮށްފައިވާ ނަމަ ނުވަތަ ފްލެޓް ނުވަތަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ގައި އެ މީހެއް ހިމެނުން ނުވަތަ ލިބޭ ގުރު ނަންބަރަކަށް ރިޢާޔަތްކޮށް ނުވަތަ ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށް އޭނާއަކީ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ މީހެއްކަމުގައި ބެލެވޭނެއެވެ.

2.4.2.           ޕޮއިންޓު ދިނުމުގައި މަޢުލޫމާތު ބަލާނީ ފޯމާ އެކު ހުށަހަޅައިފައިވާ ލިޔުންތަކުގެ މައްޗަށާއި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ރަސްމީ މަޢުލޫމާތުތަކަށް ބަލައިގެންނެވެ. ފޯމު ބަލައިގަތުމަށް ފަހު ހުށަހަޅާ އިތުރު އެއްވެސް ލިޔުމަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.

 

31 އޮގަސްޓް 2023