ދިވެހިރާއްޖެ
- ރަތަފަންދޫ ސިނާޢީ ސަރަޙައްދު 4 ނަންބަރުބިން ކުއްޔަށް ދޫކުރުން.
ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 4 ނަންބަރުބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
# |
ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
1 |
ސިނާޢި ސަރަޙައްދު 4 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު |
4000 އަކަފޫޓު |
-/400 ރުފިޔާ |
ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު
1 ޢމާރާތް 25x26 ފޫޓުގެ (ޢިމާރާތުގެ އެތެރޭގައި 3 ކޮޓަރިއާއި 9x25 ފޫޓުގެ ފެންޑާއަކާއެކު) ރުއްވަކަރުން މަތިވަޑާން އަރުވައި ލައިޝާރޓް ޓިނުން ހިޔާކޮށްފައި .
1 ކޮޓަރި 9x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުމުގައި މުށިޖަހާފައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި. ( ކޮޓަރީގެ ތެރޭގައި ½x5ފ½4 ފޫޓުގެ ފާޚާނާއަކާއެކު ) .
2 ކޮޓަރި 9x16 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި .
3 ކޮޓަރި 8x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި .
2 ޓޭންކް 4x5 ފޫޓުގެ އެތެރޭގައި މުށިޖަހާފައި ފަޅައިގެންގޮސް ހަލާކުވެފައި .
1 ޓޭންކް 4x4 ފޫޓުގެ މަސްދޮންނަން ބޭނުންކުރި އެތެރޭގައި މުށިޖަހާފައި .
1 ދުމަށި މަސްހިއްކަން ބޭނުންކުރި 4x20 ފޫޓުގެ ދަގަނޑުނެތް .
1 ފެންވަޅު 3.5 ފޫޓު ޑައިމީޓަރުގެ .
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭ ނެކަންތައްތައް .
1 – ލުއި ކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .
- އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް
1- އިޖުތިމާޢީގޮތުން 4 ނަންބަރު ބިމަށް ދެވޭ ޢިނާޔަތް މަހަކު -/1500 ރ އަށްވުރެ ކުޑަވެގެންނުވާނެއެވެ.
- ބިން ތަރައްގީކުރުން
1- މިބިން ތަރައްޤީ ކުރުމަށް މިބިމުގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް ރޭނުން .
4 ނަންބަރު ބިމުގެ ވަށާއިންފާރު 18 މަސްދުވަހުގެ ތެރޭގައި ރާނައި ނިންމަންޖެހޭނެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
ބިން ކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ 1 އަހަރު ދުވަހުގެ ކުއްޔާއި އެއަހަރު އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހޭނެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅަ މަހުކުއްޔަށް |
50% |
|
ބިންތަރައްޤީކުރުމަށް މަގުމަތީ އިންފާރު ރޭނުން |
10% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
40% |
|
29 ރަބީޢުލްއާޚިރު 1436