ތަމްރީނު
                	
                ނަންބަރު: FAM/IUL/2015/006
                    ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2015
                    ޕަބްލިޝްކުރި ގަޑި:  17:31
                                            ސުންގަޑި: 
                            02 މާރިޗު 2015 14:00
                        
                    
                ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބޭސިކް ފުޓްބޯޅަ ރެފްރީ ކޯހެއް ބޭއްވުމަށް
                                މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޭސިކް ފުޓްބޯޅަ ރެފްރީ ކޯހެއް 2015 މާރިޗު 05 އިން 15 އަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިއެސޯސިއޭޝަނުން އެފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
- ދިވެހި ރައްޔިތެއްކަމުގައިވުން.
- އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުން.
- ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، އިނގިރޭސިބަހުން ލިޔަން ކިޔަން ދަތުން.
ވީމާ، މިކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށްފަހު 02 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
- ފުރިހަމަކޮށްފައިވާ ކޯހަށް އެދޭ ފޯމު
- ސީވީ ނުވަތަ ވަނަވަރު
- ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ
- އައިޑީކާޑުގެ ސާފުކޮޕީ އެއް
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 23 ފެބުރުވަރީ 2015 އިން ފެށިގެން މިއެސޯސިއޭޝަންގެ މައި އޮފީހުން ލިބެން ހުންނާނެއެވެ.
                22 ފެބުރުވަރީ 2015