ވަޒީފާގެ ފުރުޞަތު
ނަންބަރު: U7-SM/I-15/02
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 05 މާރިޗު 2015 14:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

 

 

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1

 

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

 

މަޤާމުގެ ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އޮތް އޮފީސް:

އއ. ފެރިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އއ. ފެރިދޫ ޞިއްޙީ މަރުކަޒު/ އއ. ފެރިދޫ

 

ވަޒީފާގެ ގިންތި:

ދާއިމީ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ޢިމާރާތް ދުވަހުން ދުވަހަށް ކުނިކަހައި ފޮޅައި ސާފުކުރުން.

- ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ފަޅާ ވިނަތައް، ނޮޅައި ސާފުކޮށް ބެލެހެއްޓުން.

- ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދައި ހެއްދުމާއި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

- ޞިއްޙީ މަރުކަޒުން އެކިއެކި އޮފީސްތަކަށާއި، އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީ ފަދަ ތަކެތި ހަވާލުކުރުން.

- ޞިއްޙީ މަރުކަޒުން އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާއާއި ލިޔުންތައް، ކަނޑައަޅާ ގޮތެއްގެމަތިން ހަވާލުކުރުން.

- ޞިއްޙީ މަރުކަޒުން ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމަށް ތަންތަނަށް ދިއުމާއި،  ކަނޑައަޅާ ގޮތެއްގެމަތިން ތަކެތިގެނެސް، ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.

ޞިއްޙީ މަރުކަޒުން މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް، ކަނޑައަޅާ ގޮތެއްގެމަތިން އެންގުމާއި، މުވައްޒަފުންނަށް ފޮނުވަންޖެހޭ ލިޔުންތައް މުވައްޒަފުންނަށް ރައްދުކުރުމުގެ މަސައްކަތް ކުރުން.

- އެޓެންޑެންޓުން ނުވަތަ ދޮންނަމީހުން ނެތިއްޖެ ޙާލަތެއްގައި އެޓެންޑެންޓުންގެ މަސައްކަތް ކުރުން.

- ޞިއްޙީ މަރުކަޒުގެ ލޯންޑްރީގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތް ކުރުން.

- ޑިޔުޓީ ކުރަންޖެހިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެމަތިން ޑިޔުޓީ އަދާކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، ރިސްކް އެލަވަންސާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި އިންޓަވިއުން އެންމެމަތީ މާކްސް ހޯދާ ފަރާތެކެވެ.

މަޤާމު:

އެމްބިއުލާންސް ޑްރައިވަރ

ބޭނުންވާ އަދަދު:

1

މުސާރަ:

-/3470 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

މަޤާމުގެ ރޭންކް:

އެސް. އެސް 2

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އޮތް އޮފީސް:

އއ. ފެރިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އއ. ފެރިދޫ ސިއްޙީ މަރުކަޒު / އއ. ފެރިދޫ

ވަޒީފާގެ ގިންތި

ދާއިމީ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެމްބިއުލާންސް މަރާމަތުކޮށް، ސާފުކޮށް ބެލެހެއްޓުން.
  2. އެމްބިލާންސްގައި ކުރަންޖެހޭ ދަތުރުތައް ފަސްނުޖެހި ކުރުން.
  3. މަރުކަޒުން ތަންތަނަށް ގެންދަންޖެހޭ ތަކެތި އެމްބިއުލާންސްގައި ގެންދިއުން.
  4. އެމްބިއުލާންސްގެ ދަތުރެއް ނެތްނަމަ، މަރުކަޒުން ކުރަންޖެހޭ ބައެއް ކަންތައްތައް ކުރުމުގައި އެހީތެރިވުން.
  5. މަރުކަޒުން ފާހަގަކުރާ މުހިއްމު މަސައްކަތްތަކާއި، ޚާއްޞަ ކަންތައްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، ރިސްކް އެލަވަންސާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރާއި، ޤާބިލުކަމާއި، އިންޓަވިއުން އެންމެމަތީ މާކްސް ހޯދާ ފަރާތެކެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު، އއ. ފެރިދޫ ޞިއްޙީ މަރުކަޒުން (ރަސްމީގަޑީގައި) ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން           (www.csc.gov.mv ) ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ)
  3. ސިވިލް ސަރވިސަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާފޯމް" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް، މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  5. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުން.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަވިއުކުރުން:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރެވޭނީ، އއ ފެރިދޫ ޞިއްޙީ މަރުކަޒުގައެވެ.

- އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚުން ފެށިގެން 4 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ކިޔޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް 10 އަށްވުރެ އިތުރުވާނަމަ، ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދި ކުރިމަތިލާ  ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ، 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު:

- ވަޒީފާއަށްއެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، އއ ފެރިދޫ ޞިއްޙީ މަރުކަޒުންނެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އއ. ފެރިދޫ ޞިއްޙީ މަރުކަޒުގެ 6660809 ނަންބަރު  ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

29 ރަބީޢުލްއާޚީރު 1436

19 ފެބުރުވަރީ 2015