ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް ޑިޒައިނިންގ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 5 |
މުސާރަ: |
މަހަކު 5000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2000.00 ރުފިޔާ މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ. އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 2 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތުތައް މީޑިއާ އާއި ސޯޝަލް މީޑިއާގައި ދައުރުކުރުމަށް ޕޯސްޓަރ ތައްޔާރުކުރުން. - ކުންފުނީގެ ވެރިންގެ ކުންފުނީގެ މެންޑޭޓާއި ގުޅުންހުރި އެންމެހައި ހަރަކާތްތައް ޕްރޮމޯޓްކުރުން. - ކުންފުނި ޕްރޮމޯޝަންއަށް ވީޑިއޯ އަދި އެނިމޭޝަން ހެދުން. - ކުންފުނިން ވިއްކާ ޕްރޮޑަކްޓްސްތަކުގެ ކެޓަލޮގެއް ހަދައި މާކެޓްކުރުން - ކޯޕަރޭޓް ބްރޭންޑިންގް އަދި ޕްރޮޑަކްޓް މާކެޓިންގްގެ މަސައްކަތްކުރުމަށްޓަކައި ގްރެފިކްސް ޑިޒައިނިންގެ މަސައްކަތައް މުއައްޒަފުގެ ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުން. - ކޯޕަރޭޝަންގެ ޑިޖިޓަލް މާކެޓިންގްގެ މަސައްކަތްކުރުމަށްޓަކައި ގްރެފިކްސް ޑިޒައިނިންގެ މަސައްކަތައް މުއައްޒަފުގެ ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުން - ކޯޕަރޭޝަނުގެ ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި، ކޯޕަރޭޝަނުން ހިންގާ އިވެންޓްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން. - ކޯޕަރޭޝަނުގެ ޕްރޮޖެކްޓު ތަކާއި ، އެހެނިހެން ޙަރަކާތްތަކާއި ގުޅޭގޮތުން ހަދަންޖެހޭ ޕޯސްޓަރުތައް ޑިޒައިންކުރުމާއި، އެކަންތަކަށް ބޭނުންވާ ފޮތް/ ޕޯސްޓަރު/ ލީފްލެޓް/ ވީޑިއޯ ފަދަ މެޑީރިއަލްސް ކޮލިޓީކޮށް ތައްޔާރުކުރުން. - ކޯޕަރޭޝަނުގެ އެކިއެކި އިވެންޓްތަކަށް އިންވިޓޭޝަން ކާޑާއި/ ބެނަރ ފަދަ ތަކެތި ތައްޔާރުކުރުން. - ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓަށް ބޭނުންވާ ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން. - ކޯޕަރޭޝަނުން ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓްތަކާއި، ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައިތަކެތި ތައްޔާރުކުރުމާއެކު އެތަކެތި އާންމުކުރަންޖެހޭ ހާލަތްތަކުގައި އާންމުކުރުން. - ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުގެ މަސައްކަތްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 04 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
14 ޞަފަރު 1445