މަސައްކަތް
ނަންބަރު: (IUL)475-Admin/475/2023/174
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 06 ސެޕްޓެންބަރު 2023 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓާއި ހއ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ކަރިކިޔުލަމާއި ކިޔަވައިދޭނެ މެޓީރިއަލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓާއި ހއ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ކަރިކިޔުލަމާއި ކިޔަވައިދޭނެ މެޓީރިއަލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

މި މިނިސްޓްރީން 2023 ޖުލައި 13 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2023/128 ޢިއުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް، ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓާއި ހއ. އަތޮޅުގެ ޓެކްނިކަލް އިންސްޓިޓިއުޓްގެ ކަރިކިޔުލަމް ތައްޔާރުކޮށް އަދި ކިޔަވައިދޭނެ މެޓީރިއަލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރީމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2023 ސެޕްޓެމްބަރ 05 ގެ12:00  ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ސެޕްޓެމްބަރ 06 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިއެވެ.

30 އޮގަސްޓް 2023