ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2023/119
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 07 ސެޕްޓެންބަރު 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

ސެކިރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:    03

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 23 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

ރޭންކް / ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގރ.3

މުސާރައާއި އެލަވަންސް:  

އަސާސީ މުސާރަ: 3,875/- (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)

ސާރވިސް އެލަވަންސް: 1,000/- (އެއްހާސް ރުފިޔާ)

ސަޕޯރޓިންގ ކޯ އެލަވަންސް: 1,200/- (އެއްހާސް ދުވިސައްތަ ރުފިޔާ)

މިނިމަމް ވޭޖް އެލަވަންސް: 1,696/- (އެއްހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ)

 

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް މިއިދާރާއިން ކަނޑައަޅާ ވަގުތުތައް.

ތަޢްލީމީ ފެންވަރު:

ގްރޭޑް 07 ނިންމާފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގުމާއި އިނގިރޭސި އަކުރުން ލިޔެފައި ހުންނަ ލިޔުން ކިޔަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ ކައުންސިލްގެ އިދާރާގެ ޢިމާރާތްތަކާއި ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ރަނގަޅަށް ބެލެހެއްޓުން.
  2. ހުއްދަދެވިފައިވާ ފަރާތްތަކާއި ހުއްދަ ލިބިގެން އަންނަ ފަރާތްތަކަށް ވަދެ ނިކުތުމުގެ އިންތިޒާމް ހަމަޖެއްސުން.
  3. ކައުންސިލްގެ އިދާރާގެ ޢިމާރާތްތަކުގެ ތަޅުދަނޑިތައް ބެލެހެއްޓުން.
  4. ގޯތިތެރެއަށް ވައްދާ އުޅަނދުފަހަރުގެ މަޢުލޫމާތު ދެނެގަތުން / ބެލެހެއްޓުން.
  5. ޑިއުޓީ ގަޑީގައި ޝައްކު ކުރެވޭ / އުފެދޭ ކަންކަން ވަގުތުން ރިޕޯޓް ކުރުން.
  6. ޢިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތަކާއި ކިޑިކީތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުން.
  7. ސީސީ ޓީވީ ކެމެރާތަކުގެ ފޫޓޭޖް ބެލެހެއްޓުން.
  8. ލިބިދާނެ / ހިނގައިދާނެ ޙާދިޘާ އަކަށް ހުށިޔާރުވެ ތިބުން.
  9. ގަސްތަކަށް ފެންދިނުން.
  10. 10.  ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

07 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

30 އޮގަސްޓް 2023