ދިވެހިރާއްޖެ
އިޢުލާން
ނ.މާފަރު އެއަރޕޯޓް ހުޅަގުފަރާތު ބީޗް ސަރަހައްދުން ވިޔަފާރި ކުރުމަށް ބިން ދޫކުރުން
ނ.މާފަރުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް މާފަރު އެއަރޕޯޓް ހުޅަގުފަރާތު ބީޗް ސަރަހައްދުން ވިޔަފާރިކުރުމަށް 2000 އަކަފޫޓްގެ 12 ބިން ކުއްޔައްދޫކުރުމަށް ހުޅުވާލަމެވެ.
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ސެޕްޓެންބަރ 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މާފަރު ކައުންސިލް އިދާރާ އަށް " ޕްރޮޕޯސަލް އަދި ބިން ކުއްޔަށް ދޫކުރުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަޙައްދު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ބިމުގެ އަދަދު |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ނ.މާފަރު އެއަރޕޯޓް އުތުރު ބީޗް ސަރަހައްދު |
ވިޔަފާރިކުރުމަށް |
2000 އަކަފޫޓު |
12 |
އަކަފޫޓަކަށް މަހަކު -/2 ރުފިޔާ |
- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުށަހެޅުން އޮންނާނީ 07 ސެޕްޓެންބަރު 2023 ވާ ބުދަ ދުވަހުގެ 13:00 ގައި މާފަރު ކައުންސިލް އިދާރާގައެވެ.
ބިން ތަރައްޤީކުރުން:
ބިން ލިބިއްޖެނަމަ، އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފާ ފަރާތުން، އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައްތައް
ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާޢީކަންކަމަށް އަހަރަކު ކުރާނެ ކަންކަން ނުވަތަ ޚަރަދު ކުރާނެ މިންވަރު ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:
ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ. (މަޢުލޫމާތު ކަރުދާހުގައި ވާގޮތައް)
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުމެއް
. އެހެނިހެން ކަންކަން :
ހ. މަހުންމަހަށް ކުލި ދައްކާ ގޮތަށް ކޮންމެ ބިމެއްވެސް ކުއްޔަށް ދޫކުރާނީ މަދުވެގެން 01 އަހަރު ދުވަހަށެވެ. އަދި އެއްއަހަރު ދުވަސް ހަމަވުމުން ދެފަރާތް އެއްބަސްވާނަމަ ކައުންސިލު ބައްދަލުވުމަކުން ރޭޓް ކަނޑައަޅާ ބިމުގެ މުދަތު އިތުރުކޮށްދެވޭނެއެވެ.
ބ. އެހެން ފަރާތެއްގެ ހަވާލުގައި ފޯމު ހުށަހަޅާނަމަ ، ވެރި ފަރާތުގެ ސޮއިކުރި ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ.
މާކުސް ދެވޭގޮތުގެ ތަފުސީލު:
މާކުސް ދެވޭނެ ކްރައިޓީރިއާ |
މާކުސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
% 80 |
|
ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތަށް |
% 15 |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
% 5 |
|
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޞަފަރު 1445