މަސައްކަތް
ނަންބަރު: NHC/IUL/2023/06
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 11 ސެޕްޓެންބަރު 2023 10:00
ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި އެމްބުލާންސް ގަރާޖަކާއި ގުދަނެއް ހެދުން.

                                                                   ނަންބަރ: NHC/ IUL /2023/06

އިޢުލާން

   

ގދ.ނަޑެއްލާ ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި އެމްބުލާންސު ގަރާޖަކާއި ގުދަނެއް ހެދުން.

 

          މި ސިއްޙީމަރުކަޒުގައި އެމްބުލާންސް ގަރާޖަކާއި،ގުދަނެއް ހަދާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މިމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމާއި  ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (11 ސެޕްޓެމްބަރ 2023  ) އާދީއްތަ

10:00 ގައި

ގދ ނަޑެއްލާ ސިއްޙީމަރުކަޒު

އަންދާސީ ހިސާބު ހުށަހެޅުން ( 20 ސެޕްޓެމްބަރ 2023 ) އަންގާރަ

10:00 ގައި

ގދ ނަޑެއްލާ ސިއްޙީ މަރުކަޒު

                    

          މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިމަރުކަޒަށް ހުށަހަޅަންވާނެއެވެ.

މިކަމާގުޅޭގޮތުން އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރު (6842612) އަށް ގުޅުއްވުން އެދެމެވެ. 

                                

                  30 އޮގަސްޓް  2023    

                                                                       

ސޮއި :                     

ނަން :  ފަސީހް އަލީ            

މަގާމް : ސީނިއަރ އެޑްމިނިސްޓްރޭޓަރ 

30 އޮގަސްޓް 2023