ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/14
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 26 ފެބުރުވަރީ 2015 00:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ޤުރްއާން މުދައްރިސުން ބޭނުންވެއްޖެ

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކ.ކާށިދޫގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީކޯސްތަކުގައި ކިޔަވައިދިނުމަށް ރިސޯސް ޤުރުއާން މުދައްރިސުން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:  01

މުސާރަ:      ނަގައިދޭ  ކޮންމެ  ގަޑިއަކަށް -/100 ރުފިޔާ

ޝަރުޠު:      ޤުރްއާން މުދައްރިސް ޑިޕްލޮމާ ހަދާފައިވުން.

މުއްދަތު:     2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

28  ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015