ދިވެހިރާއްޖެ
ކާށިދޫ ކައުންސިލްގެ ހޭންޑްބޯލް މުބާރާތް "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2023" އައުޓްސޯސް އުސޫލުން ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި ކުރެވުނު ނަންބަރު (IUL)330-A/330/2023/40 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2023" އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ. މި މުބާރާތް މިހާރު ބާއްވާގޮތަށް ހަމަޖެހިފައިވަނީ 2023 އޮކްޓޫބަރ 15 ގައެވެ.
ވީމާ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން، "2023 ވަނަ އަހަރު ކާށިދޫ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމުގެ އުސޫލް" އާއި އެއްގޮތްވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތް ހިންގައިދިނުމަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.
ވީމާ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.