ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)242/242/2015/11
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި:
26 ފެބުރުވަރީ 2015 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަކެތި ވިއްކުމަށް
މިއޮފީހުގެ ނަންބަރު IUL)242/242/2015/5)ފ(01 ފެބުރުވަރީ 2015) ގައި ކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލް ކޮށްފީމެވެ. ވީމާ، އެ އިޢުލާނުގައިވާ ތިރީގައި މިދަންނަވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަތޮޅުކައުންސިލް އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު 04 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް އަތޮޅުކައުންސިލް އިދާރާއަށް ހުށަހަޅުއްވައިދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތައް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތެއް ނުލިބޭނެއެވެ.
- 8 ޑިޖިޓަލް ކެމެރާ ޓްރައިޕޮޑާއެކު
- 8 ޓޮޕާޒް ސިގްނޭޗަރ ޕޭޑް
- 8 ފިންގަރ ޕްރިންޓް ޑިވައިޒް ( Verifier 300LC 2.0 )
03 ޖުމާދަލްއޫލާ 1436
22 ފެބުރުވަރީ 2015