ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)342/INDIV/2023/112
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 31 އޮގަސްޓް 2023 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް ވަޒީފާތަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާންމުކުރުން

އިޢުލާން

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު އާންމުކުރުން

                     މި ކައުންސިލްގެ ނަންބަރު: (IUL)342/2023/103 (9 އޮގަސްޓު 2023) އިޢުލާނާއި، ނަންބަރު: (IUL)342/2023/104 (9 އޮގަސްޓު 2023) އިޢުލާނާއި ގުޅިގެން ކައުންސިލް އެސިސްޓެންޓް މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު (A2 ޝީޓު) އާންމު ކުރަމެވެ.

                     ވީމާ، މިދެންނެވި 2 މަޤާމުގެ A2 ޝީޓާ ގުޅިގެން ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހެޅުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 އޮގަސްޓް 2023