ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/19
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 05 މާރިޗު 2015 15:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ކީރިތި ޤުރްއާނާބެހޭ މަރްކަޒް

ސެކްޝަން: ތަޢްލީމާބެހޭ ބައި

މަޤާމް: ޤުރްއާން މުދައްރިސް

ބޭނުންވާ އަދަދު: 1

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެއަސާސީމުސާރަ

ސަރވިސްއެލަވަންސް

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން.

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން.

-/7035 ރ

-/2500ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • މަރްކަޒުގައި ހިންގާ ކްލާސްތަކުގައި ކިޔަވައިދިނުން އަދި ކިޔަވައި ދިނުމާގުޅޭ އެންމެހައި މަސައްކަތްކުރުން
  • މަރުކަޒުގައި ކިޔަވައިދިނުމުގެ އިތުރުން މަރުކަޒުގައި ހިންގޭ އިތުރު ޙަރަކާތްތަކުގައި އެކަށީގެންވާ ގޮތުގައި ބައިވެރިވެ ވަޑައިގަތުމާއި ގަޑިއަށް ސަމާލުކަން ދިނުން
  • މަރްކަޒުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކޮށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރުން
  • ދަރިވަރުންގެ އަޚުލާޤާއި ސްލޫކު ރަނގަޅު ކުރުމަށް މަސައްކަތްކުރުމާއި މުވައްޒަފުންނާއި މަރުކަޒުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން
  • މުޖުތަމަޢާއި މަރުކަޒާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން

އެހެނިހެން ޢިނާޔަތް

ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދްމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައި) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

ނޯޓް: ތަޖްރިބާގެ  މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ކްލާހެއްގައި ކިޔަވައިދޭނެގޮތުގެ ޕްރެކްޓިކަލްއެއް ބާއްވައިގެން

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު  05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މި މަރްކަޒަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެން.

އިންޓަވިއު އޮންނާނެ ތާރީޚު

2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި

ނޯޓް: މިމަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިޔުކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއިއެވެ. އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލްއެއް ބޭއްވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު މި މަރްކަޒުގެ ކައުންޓަރުންނާއި، ވެބްސައިޓް www.chq.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3019303،3019345 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3335086 އެވެ.
18 ފެބުރުވަރީ 2015