ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)475/475/2023/166
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 18 ސެޕްޓެންބަރު 2023 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ ވެލްޑިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

މާލެ، ދިވެހިރާއްޖެ

އިއުލާން ނަމްބަރު: (IUL)475/475/2023/166

އިއުލާން

"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ ވެލްޑިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި) ގެ ވެލްޑިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެއެވެ.

ބިޑިންގ ޑޮކިއުމަންޓް:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑިންގ ޑޮކިއުމަންޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑިންގ ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑިންގ ޑޮކިއުމަންޓް [email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

މައުލޫމާތު  ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 4 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހު ހެދުނު 10:00 އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް  ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގެންނެވިޔަސް، އަންދާސީ ހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު  11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 17 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]      

ފޯން: 306982/3026975

 

ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

29 އޮގަސްޓް 2023