ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2023/76
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 04 ސެޕްޓެންބަރު 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިންކް ރިބަން ރަން/ވޯކް 2023 ގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ޕިންކް ރިބަން ރަން/ވޯކް 2023 ގެ ނަމުގައި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބެންކް އޮފް މޯލްޑިވްސް ގުޅިގެން އަހަރަކު އެއްފަހަރު ބްރސްޓް ކެންސަރ އެވެއަރނެސް އާއި ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތްތަކެއް، ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ބޭނުންވެއެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރު 2023 ވާ ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށެވެ. މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ތިން ކެޓެގަރީއެއްގެ ބިބްސް ލިބޭގޮތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާދައިގެ ބިބްގެ އަގަކީ 50/- (ފަންސާސް ރުފިޔާ) އެވެ. އާއިލާ ބޭފުޅެއް ނުވަތަ ގާތް ރައްޓެއްސެއް މި ބަލީގައި ނިޔާވެފައިވާނަމަ އެފަރާތެއްގެ ހަނދާނުގައި ނުވަތަ ބްރެސްޓް ކެންސަރ ބައްޔާއި ހަނގުރާމަކުރަމުންދާ ފަރާތްތަކުގެ ޝަރަފުގައި ބައިވެރިވާ ބޭފުޅުންނަށް 75/- (ހަތްދިހަ ފަސްރުފިޔާ) ގެ ބިބްސް އެއް ހާއްސަ ކުރެވިފައިވެއެވެ. މި ހަރަކާތުން ލިބޭ ފައިސާ ބްރެސްޓް ކެންސަރު ބަލީގައި ހަނގުރާމަ ކުރަމުންދާ ފަރާތްތަކަށް ޑޮނޭޝަންސްގެ ގޮތުގައި ދެވިގެންދާނެކަމުގައި ދެންނެވީމެވެ.

މި ހަރަކާތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ މައުލޫމާތު ޝީޓް މި އިއުލާނާއިއެކު ޕަބްލިޝް ކުރެވިފައިވާނެއެވެ.

ޕިންކް ރިބަން ރަން/ވޯކް 2023 ގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިމިވާ ގޫގުލް ލިންކު ފުރިހަމަކުރެއްވުމަށް އެދި ދެންނެވީމެވެ.

ގޫގްލް ފޯމް ލިންކް: https://forms.gle/QaHGt8mozu1ncHgW9

އަދި އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވުންއެދެމެވެ.ނުވަތަ[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

29 އޮގަސްޓް 2023