މަސައްކަތް
ނަންބަރު: (IUL)252/252/2023/67
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 22:09
ސުންގަޑި: 05 ސެޕްޓެންބަރު 2023 14:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އޭރިއާގެ މަސައްކަތް

ނަމްބަރ:( IUL)252/252/2023/67

 

އިޢުލާން

                     މި ކައުންސިލްގެ ނަމްބަރ: (IUL)252/252/2023/60 (08 އޮގަސްޓް 2023)ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައި ނުވާތީ، އެ އިޢުލާނު ބާތިލުކޮށް، މި ކައުންސިލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އޭރިއާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

                    ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށައެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

                   ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރުން :

05 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން :

ބޭއްވުމަށް ހަމަޖެހިފައި ނުވޭ

ބީލަން ބަލައިގަތުން :

06 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަންތައް ހުޅުވުން :

06 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 13:05 ގައި ފިއްލަދޫ ކައުންސިލް އިދާރާގައި

 

       

                 ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  12 ޞަފަރު  1445

                  28 އޮގަސްޓް 2023  

28 އޮގަސްޓް 2023