މަސައްކަތް
ނަންބަރު: B3C-A/2023/03
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 31 އޮގަސްޓް 2023 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

    މިކޯޓުގެ ވަށާފާރު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

    1.1.  ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު މަރާމާތުކުރުން

  2. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

    2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

      I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

      II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

      III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

      IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

   2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޮގަސްޓު 31 ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓު (ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2023 ސެޕްޓެންބަރު 05 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް، ހދ. ހަނިމާދޫ / ދިވެހިރާއްޖެ ،ފޯން: 6520073 / 6520074                  

 އީ-މެއިލް: [email protected]

12 ޞަފަރު 1445

28 އޮގަސްޓު 2023

28 އޮގަސްޓް 2023