ނީލަން
ނަންބަރު: (IUL)14-A4/1/2023/59
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 07 ސެޕްޓެންބަރު 2023 11:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގ.އ ވިލިނގިލި ކަސްޓަމްސްގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކުމާއި ބެހޭ

ގ.އ ވިލިނގިލި ކަސްޓަމްސްގައިހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ގ.އ ވިލިނގިލި ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

             ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

            ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް ގ.އ ވިލިނގިލި ކަސްޓަމްސްއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2023