ދިވެހިރާއްޖެ
އިޢުލާނު
ބީލަމުގެ މަޢުލޫމާތު ކަރުދާހަށް އިޞްލާޙު ގެނައުމާ ގުޅޭ
މި ކޮމިޝަނުގެ ނަންބަރު 123A/IUL/2023/66ގެ އިޢުލާން (މި ކޮމިޝަނަށް ބޭނުންވާ ފަރުނީޗަރު ކޮމިޝަނުން ދީފައިވާ ރިކުއަރމެންޓާއި އެއްގޮތަށް ހޯދުން) އާ އެކު އެއްހީރާސް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގެ ނަންބަރު 12.2 ގައި ވާ ގޮތުގެ މަތިން އެ މަޢުލޫމާތު ކަރުދާހުގެ ނަންބަރު 2.2.1 ގެ ދެވަނަ އައިޓަަަމް (ހިޑެން ޝެލްފް)ގެ ތަފްޞީލަށް މަޢުލޫމާތެއް އިތުރުކޮށް އިޞްލާޙުކުރުމާއި އެހެނިހެން އިމްލާ ކުށްތައް އިޞްލާޙުކުރަން ޖެހޭތީ އެ އިޞްލާޙުތައް ގެނެސްފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މި ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2023 އޮގަސްޓް 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރު، 7 ވަނަ ފަންގިފިލާގައެވެ.
މި ބީލަމާ ގުޅޭ އިޞްލާޙުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ތަކެތީގެ ތަފްޞީލު މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ 2023 އޮގަސްޓް 27 ވަނަ ދުވަހުގެ މައުލޫމާތު ޝެޝަނުގައި ދީފައިވާ މަޢުލޫމާތާއި އިޞްލާޙުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށެވެ.
12 ޞަފަރު 1445
28 އޮގަސްޓް 2023