ދިވެހިރާއްޖެ
"ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގައި ބަލަހައްޓަމުންގެންދާ ކުޑަކުދިންނަށް ކެއަރޕްލޭން ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)459-A/1/2015/7) އިޢުލާން ބާޠިލުކޮށް އެކަމަށް އަލުން އިޢުލާން ކުރުން"
މިމިނިސްޓްރީއާއި ސައިވާކްއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން، ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގައި ބަލަހައްޓަމުންގެންދާ ކުޑަކުދިންނަށް ކެއަރޕްލޭން ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)459-A/1/2015/7) އިޢުލާން ބާޠިލުކޮށް، މިކަން ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 25 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ - 1ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 1 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިމިނިސްޓްރީގައި (ހުރަވީ ބިލްޑިންގ - 1ވަނަ ފަންގިފިލާ) ގައެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅޭނީ 25 ފެބުރުވަރީ 2015 ވާ ބުދަ ދުވަހު މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.
29 ރަބީޢުލްއާޚިރު 1436