ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2015/60
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 02 މާރިޗު 2015 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކައުންސެލަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ކައުންސެލަރ (ވަގުތީ)

މުސާރަ:  -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު، މާލެ (ކައުންސެލިންގ ޔުނިޓް)

ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޒުވާނުންނަށް ނަފްސާނީ ގޮތުން އެހީތެރިވުމުގެ ގޮތުން ކައުންސެލިންގ ސެޝަންތައް ނަގައި ދިނުން.
  • ކައުންސެލިންގ ޔުނިޓްގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު އަންނަ ކްލައިންޓުންނަށް ދުޅަހެޔޮ ގުޅުމެއް ބޭއްވުން.
  • ކްލައިންޓުންގެ ކޭސް ރެކޯޑަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކައުންސެލަރުން ރިކޯޑްސް ބަލަހައްޓާތޯ ޗެކްކުރުމާއި ޑާޓާބޭސް މޮނިޓަރ ކުރުން.
  • ކައުންސެލަރުންގެ ޢަމަލުތައް ހުންނަނީ ކޯޑް އޮފް ކޮންޑަކްޓް އާއި އެއްގޮތަށްތޯ ޔަގީން ކުރުން.
  • ސެކްޝަންގައި އިތުރަށް މަސައްކަތް ކުރާ ކައުންސެލަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ހަރަކާތްތައް ރޭވުން.
  • ކައުންސެލަރުންގެ މަންތްލީ ކޭސް ކޮންފަރެންސް ރޭވުމުގައި އިސްރޯލެއް އަދާ ކުރުން.
  • ކްލައިންޓް ޑާޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ކައުންސެލިންގ ޔުނިޓަށް އަންނަ ފޯންކޯލްތައް ޖަވާބުދާރީވުމާއި މަޢުލޫމާތު ދިނުން.
  • ކައުންސެލިންގ ޔުނިޓްގެ ކައުންސެލަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ބޭއްވޭ ސުޕަރވިޝަން އަދި އީ.އޭ ކުރިއަށް ގެންދިއުމުގެ އިސްރޯލެއް އަދާކުރުން.
  • އެވެއަރނަސް ސެޝަންތައް ރާވައި ހިންގުން
  • ކައުންސެލިންގގެ މަސައްކަތް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
  • ދެވޭ ޚިދުމަތާބެހޭ މަޢުލޫމާތު އާންމުންނަށް ދިނުމަށް މަސައްކަތް ކުރުން.
  • އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދިނުން
  • ޒުވާނުންގެ މަރުކަޒުގެ މާހައުލުގައި އެކުވެރިކަން ބަދަހިކުރުވުމުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުންވެސް ތަނުގެ މަސައްކަތަށް ކުރިއެރުން ލިބޭ ފަދަ ހުރިހާ ކަމެއްގައި ބައިވެރިވުމާއެކު އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމުގެ ނަން: އެސިސްޓަންޓް ކައުންސެލަރ (ވަގުތީ)

މުސާރަ:  -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު، މާލެ (ކައުންސެލިންގ ޔުނިޓް)

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޒުވާނުންނަށް ނަފްސާނީ ގޮތުން އެހީތެރިވުމުގެ ގޮތުން ކައުންސެލިންގ ސެޝަންތައް ނަގައި ދިނުން.
  • ކައުންސެލިންގ ޔުނިޓްގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަންނަ ކުލައިންޓުންނަށް ދުޅަހެޔޮ ގުޅުމެއް ބޭއްވުން.
  • ކައުންސެލިންގ ޑޭޓާ ބޭސް އަޕްޑޭޓް ކުރުން
  • ކްލައިންޓުންގެ ކޭސް ރެކޯޑްއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކައުންސެލިންގ ޔުނިޓަށް އަންނަ ފޯނުކޯލްތައް ޖަވާބުދާރީވުމާއި މަޢުލޫމާތު ދިނުން.
  • ކައުންސެލިންގ ޔުނިޓްގެ ކައުންސެލަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ބޭއްވޭ ސުޕަރވިޝަން އަދި އީ.އޭ ގައި ބައިވެރިވުން.
  • ޕިއަރ އެޑިޔުކޭޝަން ޕްރޮގްރާމް އަދި ވޮލަންޓިއަރ ޕްރޮގްރާމްގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ސެކްޝަންގެ ފަރާތުން ބާއްވާ ބޮޑެތި އިވެންޓްތައް/ ކެމްޕެއިންތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • އެވެއަރނަސް ސެޝަންތައް ރާވައި ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ކައުންސެލިންގގެ މަސައްކަތް ޕްރޮމޯޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ދެވޭ ޚިދުމަތާ ބެހޭ މަޢުލޫމާތު އާއްމުންނަށް ދިނުމަށް މަސައްކަތް ކުރުން.
  • ޒުވާނުންގެ މަރުކަޒުގެ މާހައުލުގައި އެކުވެރިކަން ބަދަހިކުރުވުމުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުންވެސް ތަނުގެ މަސައްކަތަށް ކުރިއެރުން ލިބޭފަދަ ހުރިހާ ކަމެއްގައި ބައިވެރިވުމާއެކު އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.

ނޯޓް:

- މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުތަކުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 މާރިޗު 02 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

   ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

30 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015