މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/37
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 01 މާރިޗު 2015 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އދ. މާމިގިލި ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. މާމިގިލީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. މާމިގިލީ ޞިއްޙީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015