ބީލަން
ނަންބަރު: (IUL)266-PR/266/2023/191
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 07 ސެޕްޓެންބަރު 2023 10:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ އިޖުތިމާޢީ ސަރަހައްދުތަކުގައި ބެހެއްޓުމަށްޓަކައި ޑަސްބިން ސަޕްލައިކޮށްދީ ޑަސްބިން-ކަވަރު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށި ސިޓީ އިޖުތިމާޢީ ސަރަހައްދުތަކުގައި ބެހެއްޓުމަށްޓަކައި ޑަސްބިން ސަޕްލައިކޮށްދީ ޑަސްބިން-ކަވަރު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/fUfee83WUf

 

 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި:

އީމެއިލް: [email protected]

‏06‏ ސެޕްޓެމްބަރ‏ 2023‏ (ބުދަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏07‏ ސެޕްޓެމްބަރ‏ 2023‏ (ބުރާސްފަތި‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏10‏ ސެޕްޓެމްބަރ‏ 2023‏ (އާދީއްތަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏28‏ އޮގަސްޓް‏ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: 

https://kulhudhuffushicity.gov.mv/2023/08/14714

28 އޮގަސްޓް 2023