ވަޒީފާގެ ފުރުޞަތު
ނަންބަރު: AFC/HR/2023/ 07
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 03 ސެޕްޓެންބަރު 2023 14:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަރވައިޒަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސުޕަރވައިޒަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެފް.ޕީ.އެލް.ޑީ/ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

 -/12,304 ރުފިޔާ) ބާރަ ހާސް ތިން ސަތޭކަ ހަތަރު ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ޝަރުޠު:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އެފް.ޕީ.އެލް.ޑީ އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.
  • މަސްވެރިކަމުގެ ޙާލަތު ދަނެގަނެ، ކުރިއަށް ލަފާކުރެވޭގޮތުގެ މަޢުލޫމާތު އެއްކޮށް ކުރިއަށް ކުރަންޖެހޭ މަސައްކަތްތައް ޕްލޭންކޮށް މަސައްކަތް ރޭވުން.
  • ސެންޓަރުގައި ހިންގަމުންދާ މަސްގަތުމުގެ ހުރިހާ ޙަރަކަތްތަކާއި، ސެންޓަރުން އޮޕްރޭޓްކުރާ އުޅަނދުފަހަރާއި، މަސްގަންނަ ބޯޓުފަހަރާއި، އައިސްޕްލާންޓްތަކާއި، ކޯލްޑް ސްޓޯރާއި، ބަނދަރާއި މި ބަނދަރަށް އަންނަ ބޯޓުފަހަރާއި ބެހޭ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުން.
  • މަސްވެރިންގެ އަތުން ރޯމަސްގަނެ ގަނޑުކޮށް ރާއްޖޭންބޭރުގެ މާރކެޓްތަކަށް ވިއްކުމަށް ތައްޔާރުކުރުމާއި މިމަސް ގުދަންކޮށް ބެލެހެއްޓުމާއި، އަދި ކުންފުނިން މަސްވެރިކަން ދިރުވައި އާލާކުރުމުގެ މަޤުސަދުގައި މަސްވެރިންނަށް ދިމާވާ އެކިއެކި ދަތިތަކަށް އެހީތެރިވެދިނުމާއި، ކުންފުންޏަށް ގިނަމަސް ހޯދުމަށް ހިންގަންޖެހޭ ހުރިހާ ޙަރަކާތްތަކެއް އޭ.އެފް.ސީ އިންޗާޖާއި ހެޑް އޮފީހުގެ އޮޕަރޭޝަންސް ހެޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން ރާވާ ހިންގުން.
  • ކަނޑު ދަތުރުކުރާ އުޅަނދު ފަހަރު ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ޓްރާސްޕޯޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރަކަށް ބެލެހެއްޓުމާއި ކުރަންޖެހޭ ކަންކަން ކުރުމާއި، ޤާނޫނާއި ޤަވާޢިދުގެ ދަށުން ކުރަންޖެހޭ ސާރވޭކޮށް ހުށަހެޅުން.
  • މަސްގަތުމުގެ މަސައްކަތަށް ކުރުމަށް ބޭނުންވާނެ ހުރިހާ ވަޞީލަތްތަކާއި އިންތިޒާމްތަކާއިއެކު ސެންޓަރުގެ ޖެޓީއާއި މަސްގަންނަ ބޯޓުފަހަރު އެކަމަށް ތައްޔާރުކުރުމާއި ކުރުވުން.
  • މަސްގަތުމުގެ މުޅި އޮޕަރޭޝަން ޑެއިލީކޮށް ބެލެހެއްޓުމާއި ހިނދުން ހިނދަށް ގެންނަވާ ބަދަލު، މޫވްމެންޓް އޭ.އެފް.ސީ އިންޗާޖާއި ހެޑް އޮފީހުގެ އޮޕަރޭޝަންސް ހެޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން ގެނައުން.
  • މަސްވެރިކަމުގެ ޙާލަތު ދަނެގަނެ، ކުރިއަށް ލަފާކުރެވޭގޮތުގެ މަޢުލޫމާތު އެއްކޮށް ކުރިއަށް ކުރަންޖެހޭ މަސައްކަތްތައް ޕްލޭންކޮށް މަސައްކަތް ރޭވުން.
  • މަސްވެރިން މަހަށް ފުރުވުމާއި މަސް ހޯދުމަށް ހިންގަންޖެހޭ ހުރިހާ ޙަރަކާތްތަކެއް ހެޑުއޮފީހުގެ އޮޕަރޭޝަން ޑިޕާރޓްމެންޓާއި ގުޅިގެން ރާވައި ހިންގުން.
  • އުޅަންދު ފަހަރުގެ ރަޖިސްޓްރީއާއި، ސޭފްޓީ ސެޓްފިކެޓްގެ ކަންތައް ބެލެހެއްޓުމާއި، ކެޗް ސެޓްފިކެޓް ހެދުމާއި ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގައި ގެންގުޅޭ މުދަލާއި ތަކެއްޗަށް ފަރުވާތެރިވެ ޒިންމާވުން.
  • ސެންޓަރުގެ ބްރައިން ޓޭންކް އޭރިޔާ އަދި ކޯލްޑްސްޓޯރާއި އައިސްޕްލާންޓް ހިމެނޭ ސަރަހައްދުގެ ސްޓީލް ސްޓްރަކުޗަރ ދަބަރުތަޅައި ދަވާދުލާ ބެލެހެއްޓުން. މިގޮތަށް މަދުވެގެން އަހަރަކު 01 ފަހަރު ދަބަރުވެފައި ހުރިތަންތަން ސާފްކޮށް ދަބަރުތަޅައި ބަލަހައްޓަން ވާނެއެވެ.
  • ކޯލްޑް ސްޓޯރުގައި ހުރި މަހުގެ ސައިޒާއި ބަރުދަން ހިމެނޭގޮތަށް ރެކޯޑްބެލެހެއްޓުމާއި އެކު އެއްވެސް ދިމާލަކުން މަހުގެ ތަފާތެއް އަތުވެއްޖެނަމަ އެކަން ތަހުޤީޤް ކުރުމަށް ހުށަހެޅުން.
    • ދަށުން މަސައްކަތް ކުރަން ތިބޭ މުވައްޒަފުންނަށް ދުވަހުން ދުވަހަށް ކުރަންޖެހެ މަސައްކަތްތައް ދައްކާ، އެ މަސައްކަތްތައް ސްޕަވައިޒްކޮށް އެމުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
    • ކަލެކްޓަރ ވެސެލް އަންލޯރޑް ކުރުމާއި ލޯރޑްކުރުން،  ކޮންމެ ކަލެކްޓަރ ބޯޓެއްވެސް ޖެޓީ އާއި ކައިރިކޮށް ފަޅަށް ވަނުމުގެ ކުރިން  ބޯޓާއި ގުޅާ ބޯޓު ކަރިރި ކުރަންވީ ކުރޭނެއް ނުވަތަ ޖެޓީއެއް، ބޯޓަށް އަންގާ އެތަނަކަށް ބޯޓް ކައިރި ކުރުން.

 

  • ބޯޓް މަސް އަންލޯރޑް ކުރަން ފެށުމުގެ ކުރިން ކިއު.އޭ އިންސްޕެކްޓަރ މެދުވެރިކޮށް ބޯޓްގެ މަހުގެ ޓެމްޕަރޭޗަރ ޗެކްކުރުން.
  • ފެކްޓްރީގެ ކޮލިޓީ އޯޑިޓް އަހަރުގެ އެކިދުވަސްތަކުގައި ކުރަންޖެހޭތީވެ، ތަނުގެ ސާފުތާހިރުކަމާއި މެއިންޓެނެންސް ޕްރޮސީޖިއަރ އާއި އެއްގޮތަށް އެސްޓެންޑަރޑް ތެރޭގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ. 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ޖޮބް އެޕްލިކޭޝަން ފޯމް (ފޯމް އިއުލާނާއި އެޓޭޗްކުރެވިފައި ވާނެއެވެ.)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ

 

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ03 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

28 އޮގަސްޓް 2023