މަސައްކަތް
ނަންބަރު: (IUL)10-F/1/2015/37
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 26 ފެބުރުވަރީ 2015 11:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޓީޝާޓްތަކެއް ފަރުމާކުރަން

މިނިވަން 50 ގެ ލޯގޯ އާއި ޝިޢާރު ބޭނުންކޮށްގެން ޤައުމީ ކުލަތައް އެކުލެވޭގޮތަށް ޓީޝާޓްތަކެއް ފަރުމާކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015