ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)232-AG/232/2023/17
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 22:22
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް 16 ކޮމްޕިއުޓަރ ސިސްޓަމާއި 05 ލެޕްޓޮޕް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން

މިއިދާރާއަށް 16 ކޮމްޕިއުޓަރ ސިސްޓަމާއި 05 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު (IUL)232-AG/232/2023/15 އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 (ދޭއް) ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މިމަސައްކަތް ތިރީގައިވާ ފަރާތާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

 

ކުންފުނީގެ ނަން:-

ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

649,620.00ރ. (ހަ ލައްކަ ސާޅީސް ނުވަ ހާސް ހަ ސަތޭކަ ވިހި ރުފިޔާ)

މުއްދަތު

20 (ވިހި) ދުވަސް

  

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތަކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

 

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ. މިގޮތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 03 ސެޕްޓެމްބަރ 2023  ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

އީ.މެއިލް :  [email protected]

ފޯން ނަންބަރު : 6644234 

27 އޮގަސްޓް 2023