މަސައްކަތް
ނަންބަރު: MNU-PAMD/PN/2023/33
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 19:11
ސުންގަޑި: 30 އޮގަސްޓް 2023 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރަންޔޫބީލް ފެސްޓިވަލަށް ބޭނުންވާ ސައުންޑް ސެޓަޕް އަދި ސްޓޭޖް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރަންޔޫބީލް ފެސްޓިވަލަށް ބޭނުންވާ ސައުންޑް ސެޓަޕް އަދި ސްޓޭޖް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު MNU-PAMD/PN/2023/31 ނޯޓިސްއާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވެއެވެ. ވީމާ، މި މަސައްކަތް ޔުނިވަރސިޓީއަށް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
  2. މި މަސައްކަތް އެވޯރޑް ކުރެވޭނީ ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް އެއްކޮށެވެ. މިހެންކަމުން އަގު ހުށަހަޅަންވާނީ ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް (ޔުނިވަރސިޓީގެ މިންގަނޑާ އެއްގޮތަށް) ކޮށް ނިންމޭނެ އަގެކެވެ.
  3. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޯގަސްޓް 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލް ކޮށްދިނުން އެދެމެވެ. މި ނޯޓިސްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3345175, 3345123، 3345177 އަށް ގުޅުއްވުން އެދެމެވެ.
  4. ޕްރޮކިޔުމަންޓް ނޯޓިސް އާ ގުޅިގެން ދެވޭ އާންމު އިރުޝާދު، މި ނޯޓިސްއާ އެޓޭޗްކޮށްފައިވާ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ. ނޯޓިސް އާ ގުޅިގެން ތަކެތި ވިއްކުމަށް ނުވަތަ މަސައްކަތް ކުރުމަށް ކުރިމަތިލާ އެންމެހާ ފަރާތްތަކުން އެ އިރުޝާދުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.

 

27 އޮގަސްޓް 2023