ދިވެހިރާއްޖެ
ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ކައުންސިލުން ތަކެތިދިނުމުން ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- 1. ރ.މާކުރަތު މަސްޖިދުލް ސަލާމް ވުޟޫކުރާ ބައިގައި މުށިޖެހުން
ރ.މާކުރަތު މަސްޖިދުލްސަލާމް އިސްކުރުބަރީގައި މުށިޖެހުން |
1. ރ.މާކުރަތު މަސްޖިދުލް ސަލާމް ވުޟޫކުރާ ބައިގައި މިހާރު ޖަހާފައިވާ މުށިތައް ތަޅާ އުކާލުން. 2. ރ. މާކުރަތު މަސްޖިދުލް ސަލާމް ވުޟޫކުރާ ބައިގައި އައު މުށިޖެހުން ( ކައުންސިލުން ތަކެތިދިނުމުން) |
- 2. ހިނަވާގެ އަށިހެދުން
ހިނަވާގެ އަށިހެދުން
|
ހިނަވާގެ އަށިހެދުން (ކައުންސިލުން ތަކެތި ދިނުމުން) |
- 3. މަގުބައްތި ދަނޑި ހަރުކުރުން
މަގުބައްތި ދަނޑި ހަރުކުރުން
|
ކައުންސިލުން ދައްކާ ސަރަހައްދުތަކެއްގައި މަގުބައްތި ދަނޑިހަރުކޮށް ކަރަންޓް އެޅުން (ކައުންސިލުން ތަކެތި ދިނުމުން) ހަރުކުރަންޖެހޭ ދަނޑީގެ އަދަދު (10 ދަނޑި) |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއްގެ އަގު
ވަކިން އިނގޭގޮތަށެވެ. މި މަސައްކަތްތަކާގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] ށް މެއިލް ކުރެއްވުން އެދެމެވެ. އަގުހުށަހަޅާފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
11 ޞަފަރު 1445
27 އޮގަސްޓް 2023