ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2023/194
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި:
11 އޮގަސްޓް 2023 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރިޔާސީ އިންތިހާބުގެ ވޯޓާއި ގުޅިގެން 08 ސެޕްޓެމްބަރ 2023 ން 10 ސެޕްޓެމްބަރ 2023 އަށް މަގު ބަންދު ކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ ދޫނުކުރުމާއި ގުޅޭ.
ރިޔާސީ އިންތިހާބު 2023 ގައި މާލެ ސަރަޙައްދުގައި ގިނަ ވޯޓު ފޮށިތަކެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ނިންމަވާފައިވާތީ ދަންނަވަމެވެ. މާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވާނެތީ ދިވެހި ފުލުހުންގެ ޚިދުމަތުގެވެސް އެދުމުގެ މަތިން 08 ސެޕްޓެމްބަރ 2023 ން 10 ސެޕްޓެމްބަރ 2023 އަށް މާލޭގެ މަގުތައް ބަންދު ކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ ދޫނުކުރާނެ ވާހަކަ ދެންނެވީމެވެ.
27 އޮގަސްޓް 2023