ދިވެހިރާއްޖެ
ހއ.އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް އެދި މިހޮސްޕިޓަލުން ކޮށްފައިވާ ނަމްބަރ އިޢުލާން (IUL)HAAH/HAAH/2023/36 ( 09 އޮގަސްޓް 2023 ) ބާތިލްކޮށް، މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުން އޮންނާނީ 27 އޮގަސްޓް 2023 ވަނަދުވަހުން ފެށިގެން 31 އޮގަސްޓް 2023 ވަނަ 12:00ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓަރީ ވުމަށް ގޫގުލް ލިންކް : https://forms.gle/cKLnByrvU3GNibeN6 ބޭނުން ކުރެއްވުން އެދެމެވެ.
ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ ތިރީގައިވާ އީ-މެއިލްއަށް އީ-މެއިލް ކުރެއްވުމުން ނުވަތަ ފޯން ނަންބަރަށް ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
- އީ-މެއިލް އެޑްރެސް : [email protected]
- ފޯން: 6500093
ބީލަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ 04 ސެޕްޓެމްބަރ 2023 ވަނަ ދުވަހު 11:00 މި ހޮސްޕިޓަލް ކޮންފަރެންސް ހޯލް ގައެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.