މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/41
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 01 މާރިޗު 2015 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

ކ. ގުރައިދޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު IUL)23-AP/1/2014/240)ފ(27 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު ކ. ގުރައިދޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ނުވަތަ ކ. ގުރައިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ނުވަތަ ކ. ގުރައިދޫ ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ރަބީޢުލްއާޚިރު 1436       

19 ފެބުރުވަރީ 2015