މަސައްކަތް
ނަންބަރު: (IUL)22-G/22/2023/364
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 31 އޮގަސްޓް 2023 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލުތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސްކޫލުތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން:

  1. ސްކޫލުތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 އޮގަސްޓް  27  ން 2023  އޮގަސްޓް 31 ގެ 14:00ގެ ނިޔަލަށްތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: forms.moe.gov.mv

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެމްބަރ 03 ގެ ނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރު ގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ސެޕްޓެމްބަރ 04 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 08 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 2 ގައެވެ.
  3. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ.(ވިހި ހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341127 , 3341129

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

11 ޞަފަރު  1445

27 އޮގަސްޓް 2023

27 އޮގަސްޓް 2023