މަސައްކަތް
ނަންބަރު: 116-EMS /IL/2015/08
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 26 ފެބުރުވަރީ 2015 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުލޭ އިރުމަތީފަރާތުގައި ހުރި ބައެއް ތަކެތި ނަގައި ސާފުކުރުމާބެހޭ

ހުޅުލޭ އިރުމަތީ ފަރާތުގައި ހުރި ގިނަ އަދަދެއްގެ ކެމިކަލް ސިމެންތިއާއި ތާރުކުނާ ޕެލެޓްތަކާއި ބައެއް ކަހަލަ ކޮންކްރީޓްތަކާއި މިނޫންވެސް ބައެއް ތަކެތި ނަގައި ތަން ސާފުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިދެންނެވި ތަކެތީގެ ތެރެއިން މިކުންފުނިން ދައްކާ ތަކެތި އަމިއްލަ ވެހިކަލާއި އުޅަނދުފަހަރު ބޭނުންކޮށްގެން ހުޅުލެއިން ބޭރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015