ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2023/189
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި:
27 އޮގަސްޓް 2023 21:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ވަރަށް މުޙިއްމު މަޝްވަރާ ބައްދަލުވުމެއް 27 އޯގަސްޓް 2023، ވާ އާދީއްތަ ދުވަހުގެ ރޭ 08:45 ގައި ހދ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައި އޮންނާނެއެވެ.
ވީމާ މި ބައްދަލުވުމުގައި ބައިވެރިވެ ދެއްވުން އެދި ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
25 އޮގަސްޓް 2023