މަސައްކަތް
ނަންބަރު: MNU-CA-FM/2015/102
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 01 މާރިޗު 2015 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލޯފާމެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާ ދިނުމުގައި އެހީތެރިވެދިނުމަށް ލޯފާމެއް ހޯދުމަށް ކުރި އިޢުލާނަށް (ނަންބަރު: MNU-CA-FM/2015/74) ދެވުނު މަޢުލޫމާތަށް ބަދަލު ގެންނަން ޖެހިފައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މިގޮތުން ކުރިއަށް އޮތް 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ޤާނޫނީ ލަފާ ދިނުމަށް އެދޭ ފަރާތްތަކުން 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 03 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

29 ރަބީޢުލްއާޚިރު 1436                   

19 ފެބުރުވަރީ 2015