ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)363-ADM/363/2023/23
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 11 ސެޕްޓެންބަރު 2023 12:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ވޭވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

މ.ވޭވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

 

 

            މ.ވޭވަށުން ދިރިއުޅުމަށްޓަކައި 3000 އަކަފޫޓުގެ 16 ބަންޑާރަ ގޯތި ދޫކުރުމަށް ވޭވަށު ކައުންސިލުން ނިންމާފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން 27 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުންފެށިގެން 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

              ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އަށް މިއިދާރާގެ މުނިސިޕަލް ސެކްޝަންއިންނެވެ.  

ގޯއްޗައް އެދި ހުށައަޅާ ފަރާތުގައި ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތެއް ކަމުގައިވުން
  2. ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  3. ބަންޑާރަ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަންމަތީގައި ރަޖިސްޓްރީވެފައި ނެތުން
  4. ރާއްޖޭގެ އެއްވެސް ރަށަކުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ ސަރުކާރުން އިންތިޒާމްކުރާ ބޯހިޔާވެހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓެއް ލިބިފައި ނެތުން
  5. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ލިބިފައި ނެތުން ނުވަތަ ލިބިފައިވާ މިފަދަބައެއް މިއުސޫލުގެ 11 އަދި 12 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން ދޫކޮށްލަން އެއްބަސްވާ މީހަކު ކަމުގައިވުން
  6. އެއްމެދު އިމާރާތުގެ ފުލެޓެއް ލިބިފައިވާ ނުވަތަ އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ މީހަކު ކަމުގައިނުވުން, ނުވަތަ ލިބިފައިވާ މިފަދަ ފުލެޓެއް މިއުސޫލުގެ 11 އަދި 12 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން ދޫކޮށްލަން އެއްބަސްވާ މީހަކު ކަމުގައިވުން
  7. އެއްމެދު އިމާރާތުގެ ފުލެޓެއް ލިބިފައިވާ ނުވަތަ އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ މީހަކު މިއުސޫލުގައިވާ ގޮތުގެ މަތީން ނޫން ގޮތަކަށް ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާނަމަ, އެފަދައިން ދޫކޮށްލާ ނުވަތަ ވިއްކާލާތާ 02(ދޭއް) އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
  8. ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލެއް ބަހައިގެން ބިމުން ލިބެން އޮންނަބައި މިއުސޫލުގެ 11 އަދި 12 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން ދޫކޮށްލަން އެއްބަސްވާ މީހަކު ކަމުގައިވުން

ގޯއްޗައްއެދި ހުށައަޅާ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުން

މުލަކަތޮޅު ވޭވަށު ކައުންސިލް އިދާރާއިން މ.ވޭވަށުން ދިރިއުޅުމަށްޓަކައި ބަންޑާރ ގޯތި ދޫކުރުމުގެ އުސޫލް 2023 ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮގަސްޓް 2023