ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/17
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 02 މާރިޗު 2015 11:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގާ ޓީޗިންގ އެޑްވާންސް ކޯހުގެ ކޮމްޕިއުޓަރ ގަޑިތައް މި މަރުކަޒުން ދޭ މުޤައްރަރާއި އެއްގޮތަށް ކިޔަވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޤުރުއާނާބެހޭ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ޤުރުއާނާބެހޭ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހިންގާ ޓީޗިންގ އެޑްވާންސް ކޯހުގެ ކޮމްޕިއުޓަރ ގަޑިތައް މި މަރުކަޒުންދޭ މުޤައްރަރާ އެއްގޮތަށް ކިޔަވައިދޭނެ ފަރާތެއް ހޯދުމަށް 20 ޖަނަވަރީގައި ކުރި ނަންބަރު: 1/2015/03/IUL)160-A) އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

28 ރަބީޢުލްއާޚިރު 1436      

18 ފެބުރުވަރީ 2015