ނީލަން
ނަންބަރު: (IUL)363-PRJ/363/2023/24
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 31 އޮގަސްޓް 2023 14:15
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ މަގަކުން ކަނޑާފައިވާ ރުއްތަކެއް ނީލަން ކިޔުމާއިބެހޭ

ދެ މަގަކުން ކަނޑާފައިވާ ރުއްތަކެއް ނީލަން ކިޔުމާއިބެހޭ

ދިލްބަހާރު މަގާއި އާސާރީހިނގުމުގައި ކަނޑާފައިވާ ރުއްތަކެއް ނީލަން ކިޔުމަށް ބޭނުންވެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ފުނި ޖަހާފައިވާ ގޮތުގެމަތީން ބަހާލެވިފައިވާ ވަކިވަކި ފުނިތައް، ވަކިން ނީލަން ކިޔާ ގޮތަށެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 31 އޮގަސްޓް 2023 ވަނަ ދުވަހުގެ 14:15 ގައެވެ. ތިރީގައި އެ ވަނީ ވަކަރު ގުޅިތައް ހުރި ސަރަހައްދާއި އިތުރު ތަފްސީލް ތަކެވެ.

  • ނީލަން ފަށާތަން: ހުކުރު މިސްކިތް ކައިރި ނަރުދަމާ ޕަންޕް ސްޓޭޝަން 2 ކައިރިން
  • ރުއްގުޅި ފުނި ނަމްބަރ 1: ނަރުދަމާ ޕްމްޕް ސްޓޭޝަން ކައިރި
  • ރުއްގުޅި ފުނި ނަމްބަރ 2: އާސާރީ ހިނގުމުގެ ދެކުނު ކޮޅު މަގުގެ އަރިމަތީގައި
  • ރުއްގުޅި ފުނި ނަމްބަރ 3: އާސާރީ ހިނގުމުގެ ދެކުނުން މަގުގެ އަތްފޮޅުމަތީގައި
  • ރުއްގުޅި ފުނި ނަމްބަރ 4: އާސާރީ ހިނގުމާއި ދެރާރުއް މަގުގެ ކަންމައްޗައް ވާގޮތަށް މަގުގެ އަތްފޮޅުމަތި
  • ރުއްގުޅި ފުނި ނަމްބަރ 5: ދިލްބަހާރުމަގުގެ އުތުރުން ފްޓްސެލް ދަނޑުބިން ކައިރި މަގުގެ އަތްފޮޅުމަތި
  • ރުއްގުޅި ފުނި ނަމްބަރ 6: ދިލްބަހާރުމަގުގެ އުތުރުކޮޅުން މަގުގެ އަތްފޮޅުމަތި
  • ރުއްގުޅި ފުނި ނަމްބަރ 7: ދިލްބަހާރުމަގުގެ އުތުރުކޮޅުން މަގުގެ އަތްފޮޅުމަތި
  • ރުއްގުޅި ފުނި ނަމްބަރ 8: ދިލްބަހާރުމަގުގެ އުތުރުން ދޮންމަނިކުމަގާކައިރި ދިލްބަހާރު މަގުގެ އަތްފޮޅުމަތި
  • ރުއްގުޅި ފުނި ނަމްބަރ 9: ދިލްބަހާރުމަގުގެ ދޮންމަނިކުމަގުގެ އުތުރުން ނަރުދަމާ މެއިން ސްޓޭޝަން ކައިރި
  • ރުއްގުޅި ފުނި ނަމްބަރ 10: ދިލްބަހާރުމަގުގެ ނަރުދަމާ މެއިން ސްޓޭޝަންގެ އުތުރުކަނާއި ކައިރި

މަތީގައިވާ ރުއްގުޅިތައް ނީލަމުން ނަގަން ބޭނުންވާ ފަރާތްތަކުން މަތީގައިވާ ތާރީޚްގެ ގަޑިޔަށް ނީލަމުގައި ބައިވެރިވުމަށް އެ ސަރަހައްދަށް ދުރުވެ ދެއްވުން އެދެމެވެ. މި ގުޅިތަށް ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ކޮންމެ ފުންޏެއްވެސް ވަކިން ނީލަން ކިޔާގޮތަށް ފުންޏަކަށް ފެށޭ އަގެއްގެ ގޮތުގައި 500.00 (ފަސްސަތޭކަ ރުފިޔާ) އިންނެވެ. އަދި ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން 100.00 (ސަތޭކަ) ރުފިޔާއެވެ. މިތަކެތި ނީލަމުން ނަގާފަރާތްތަކުން ނީލަމުން ނަގާދުވަހުން ފެށިގެން ފަސްދުވަހުގެތެރޭގައި މިއިދާރާއަށް ފައިސާ ދައްކާ ނިންމެވުމަށް ދަންނަވަމެވެ. އަދި އެތަކެތި ނީލަމުން ނަގާދުވަހުން ފެށިގެން ދެމަސްދުވަހުގެ ތެރޭގައި އެސަރަހައްދުން ތަކެތިނަގާ ނިންމުން އެދެމެވެ. ދެމަސްދުވަސް ހަމަވާއިރު އެސަރަހައްދުން ނުނަގާހުންނަ ތަކެތި ނައްތާލުން ނުވަތަ އެތަކެތި ބޭނުންވާ ފަރާތަކަށް ދަރުގެ ގޮތުގައި ދިނުމުގެ އިހުތިޔާރު މި ކައުންސިލަށް ލިބިގެންވާ ކަމުގައި ދަންނަވަމެވެ.

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

24 އޮގަސްޓް 2023