ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2023/192
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި:
10 ސެޕްޓެންބަރު 2023 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބެނަރތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމާއި ގުޅޭ
ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވައު ޖަހައި، ދަމަމުން ގެންދާތީ ދަންނަވަމެވެ. ބައެއް ޕާރޓީތަކުން މިހާރުވެސް ބެނަރތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން މި ރުއްތަކަށްދަނީ ގެއްލުން ލިބެމުންނެވެ.
ކެމްޕެއިންގެ އެއްވެސް ބެނަރ އެއް ނުވަތަ ދިދަފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށާއި އޮންނަ އުޞޫލުގެ ތެރެއިން ހުއްދަ ނަންގަވައިގެން ހޮޅިދަނޑީގައި ބެނަރ އަދި ދިދަފަތި ދެމުމަށް ދެންނެވީމެވެ.
24 އޮގަސްޓް 2023