ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/380
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:54
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2023/380​ :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/288، (IUL)38-AC/38/2023/305، (IUL)38-AC/38/2023/306، އިޢުލާނުން، 2023 ސެޕްޓެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ވޯޓުފޮށީގެނަންބަރު

މާލެ،
އަރަބިއްޔާ ސްކޫލްގެ ކޮމްޕައުންޑް ކައިރީ އޮންނަ ހުސް ޖާގަ (ކުރީގެ ދަރުމަވަންތަ ސްކޫލް، މެދުޒިޔާރަތް މަގު)

މި ފޮށްޓަށް ވޯޓުލާނީ ހަދީބީމަގާއި ކަޅުހުރާމަގު ގުޅޭ ނުކުތާއިން، ކަޅުހުރާމަގުން އިރަށް، ކަރަންކާމަގުން ދެކުނަށް، ސަމަންދުގޯޅިން އިރަށް، އަބަދަށްފެހިމަގުން އުތުރަށް، މިއަލަނިގޯޅިން އިރަށް، ސޯސަންމަގުން ދެކުނަށް، މުތީގޯޅިން ހުޅަނގަށް، އުތުރަށް، ހުޅަނގަށް، ނިރޮޅުމަގުން އުތުރަށް، މަޖީދީމަގުން ހުޅަނގަށް، ހަދީބީމަގުން އުތުރަށްގޮސް ކަޅުހުރާ މަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހެންވޭރުހުޅަނގު-1

T14.1.1

223

މާލެ،
 އަރަބިއްޔާ ސްކޫލްގެ ކޮމްޕައުންޑް ކައިރީ އޮންނަ ހުސް ޖާގަ (ކުރީގެ ދަރުމަވަންތަ ސްކޫލް، މެދުޒިޔާރަތް މަގު)

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ރ. ރަސްމާދޫ، ރ. އިންނަމާދޫ، ރ. އިނގުރައިދޫ، ރ. ފައިނު، ރ. ކިނޮޅަސް، މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ރ. އަތޮޅު، މާލެ-5

ET.4.1

516

މާލެ،
 ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސްކޫލް ހޯލުގެ ދެކުނު (ލިލީ މަގު)

މިފޮށްޓަށް ވޯޓުލާނީ ހަދީބީމަގާއި، ހިތަށްފިނިވާމަގާއި، ގުޅޭ ނުކުތާއިން ހިތަށްފިނިވާމަގުން ހުޅަނގަށް، ޝަހީދު ޙުސައިން މުޙައްމަދު ހިނގުމުން އުތުރަށް، ދަރުމަވަންތަމަގުން ހުޅަނގަށް، ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުމުން ދެކުނަށް، ލިލީމަގުން ހުޅަނގަށް  ރަށްދެބައިމަގުން ދެކުނަށް، ހުޅަނގަށް، ދެކުނަށް، ނީލޯފަރުމަގުން އިރަށް  އަލިކިލެގެފާނުމަގުން އުތުރަށް، ކަޅުހުރާމަގުން އިރަށް، ހަދީބީމަގުން އުތުރަށްގޮސް ހިތަށްފިނިވާމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުތަކުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގަލޮޅުއުތުރު-1

T05.1.1

179

މާލެ،
ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ކްލާސް ރޫމް 5 (ލިލީ މަގު)

މި ފޮށްޓަށް ވޯޓުލާނީ މަޖީދީމަގާއި ސައްޔިދު ކިލެގެފާނުމަގާއި ގުޅޭ ނުކުތާއިން، ސައްޔިދު ކިލެގެފާނު މަގުން އުތުރަށް، ކެނެރީ މަގުން އިރަށް، ޗާންދަނީ މަގުން އުތުރަށް، މެދުޒިޔާރަތް މަގުން އިރަށް، ޝަހީދު ކުޑަ އާދަމުގޭ ކުޑަ ތުއްތު ހިނގުމުން ދެކުނަށް، ލިލީ މަގުން ހުޅަނގަށް، ރަށްދެބައި މަގުން ދެކުނަށް، ހުޅަނގަށް، ދެކުނަށް، ސީރާޒީ ގޯޅިން ހުޅަނގަށް، ބޮޑުފުޅަށް ގޯޅިން ދެކުނަށް، ހުވަނދުމާ ގޯޅިން ހުޅަނގަށް، ޗާންދަނީ މަގުން ދެކުނަށް، މަޖީދީ މަގުން ހުޅަނގަށް ގޮސް ސައްޔިދު ކިލެގެފާނު މަގާ ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

މައްޗަންގޮޅިއުތުރު-1

T07.1.1

189

މާލެ،
 ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ސްކޫލް ހޯލުގެ އުތުރު (ލިލީ މަގު)

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ކ. ކާށިދޫ، ކ. ގާފަރު، ކ. ދިއްފުށި އަދި ކ. ތުލުސްދޫ މި 4 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކ. އަތޮޅު، މާލެ-1

HT.1.1

525

މާލެ،
 ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ސްކޫލް ހޯލުގެ މެދު (ލިލީ މަގު)

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި މ. ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލި، މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މ. އަތޮޅު، މާލެ-1

KT.1.1

531

މާލެ،
 ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ކްލާސް ރޫމް 6 (ލިލީ މަގު)

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގއ. ގެމަނަފުށި އަދި ކަނޑުހުޅުދޫ، މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ގއ. އަތޮޅު، މާލެ-6

PT.3.2

549

ރ. އަލިފުށި،
 އަލިފުށި ސްކޫލުގެ އީ ބޮލޮކް ހުޅަނގު ފަރާތް

މި ފޮށްޓަށް ވޯޓުލާނީ އަލިފުށި ހަވީރީ ހިނގުމުގެ އިރުން، ޣާޒީމަގުގެ އުތުރުން، މުހައްމަދު އަލީކޮށިމަގުގެ އިރުން، އަމީނީމަގުގެ އުތުރުން، މެހެމާނީ ހިނގުމުގެ އިރުމަތީ ސަރަހައްދުގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ރ. އަލިފުށި-3

E01.01.3

88

ރ. ހުޅުދުއްފާރު،
 ހުޅުދުއްފާރު ސްކޫލުގެ މަލްޓި ޕާޕަސް ހޯލު

މި ފޮށްޓަށް ވޯޓުލާނީ ހުޅުދުއްފާރު އަމީނީމަގާއި ބޮޑުތަކުރުފާނު މަގުން ފެށީގެން ދެކުނަށް ހުރި ގެތަކުގެ ތެރެއިން އިސްކަންދަރު މަގުގެ ކޮށި ނަންބަރު 19 އަދި 20 ން ފެށީގެން ދެކުނަށް ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ ރައްޔިތުންނެވެ.

ރ. ހުޅުދުއްފާރު-1

E02.05.1

92

ރ. ހުޅުދުއްފާރު،
 މަތާރަން މާލަމް

މި ފޮށްޓަށް ވޯޓުލާނީ ހުޅުދުއްފާރު އަމީނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ މަގުން އުތުރަށް ހުރި ހުރިހާ ގެތަކެއްގެ ރައްޔިތުންނާއި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ މަގުން އިރުމައްޗަށް އިސްކަންދަރުމަގުގައި ހިމެނޭ ގެތަކުގެ ތެރެއިން ކޮށި ނަންބަރު 15،16،17، އަދި 18 ގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ރ. ހުޅުދުއްފާރު-2

E02.05.2

93

މާލެ،
 ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކްލާސް ރޫމް 1D

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. ތަކަންދޫ އަދި އުތީމު، މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހއ. އަތޮޅު، މާލެ-4

AT.3.1

495

އދ. މަހިބަދޫ،
 އދ. މަހިބަދޫ އިޖުތިމާޢީ މަރުކަޒުގެ ހޯލު

މި ފޮށްޓަށް ވޯޓުލާނީ މަހިބަދޫ ރަށްދެބައިމަގުގެ (ހުރަސްމަގު) ހުޅަނގު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އދ. މަހިބަދޫ-1

I02.04.1

246

އދ. މަހިބަދޫ،
 އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާކުރާ ހޯލު

މި ފޮށްޓަށް ވޯޓުލާނީ މަހިބަދޫ ރަށްދެބައިމަގުގެ (ހުރަސްމަގު) އިރުމަތީ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އދ. މަހިބަދޫ-2

I02.04.2

247

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

23 އޮގަސްޓް 2023