މަސައްކަތް
ނަންބަރު: IL-KPL/2023/016
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 03 ސެޕްޓެންބަރު 2023 13:00
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

   މި ކުންފުނީގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ދެވަނަ ފަހަރު ކުރެވުނު ނަންބަރ IL-KPL/2023/015 : (07 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރީވުމަށް: https://shorturl.at/dzBGV

ބިޑްގައި ރަޖިސްޓްރީ ކުރުން.

   މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް މި ލިންކް މެދުވެރިކޮށް، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 04 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ކަރުދާސް ވިދާޅުވެލެއްވުމަށް :  https://shorturl.at/mnsXZ

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.

- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި

- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި.

- އިޢުލާން ނަންބަރ : IL-KPL/2023/016

ބިޑް ހުޅުވުން

-   ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

23 އޮގަސްޓް 2023