ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/168
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 30 އޮގަސްޓް 2023 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮލަމްބޯ ޕްލޭން – ކޮރެއާ (ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް) 2024

ކޮލަމްބޯ ޕްލޭން – ކޮރެއާ (ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް) 2024

ޤައުމު: ކޮރެއާ

މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ

މާސްޓަރ އޮފް ޑިވެލޮޕްމަންޓް ޕޮލިސީ

މާސްޓަރ އޮފް ޕަބްލިކް މެނޭޖްމަންޓް

މާސްޓަރ އިން އިންޓެލެކްޗުއަލް ޕްރޮޕަޓީ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީ

ކޯހުގެ ލެވެލް އަދި ޢަދަދު:

1.5 އަހަރު 

ކޯހުގެ މުއްދަތު:

-  ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

- ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން

- މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ކަން އަންގައިދޭ ލިޔުން.

5. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

8. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

* މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު "އެޕްލިކޭޝަން ގައިޑްލައިން" މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

* މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިމިނިސްޓްރީއިން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހައްދަވާނީ ކޮލަމްބޯ ޕްލޭންއާއި، ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓުންނެވެ.

* މިސްކޮލަރޝިޕްގެ ދަށުން އެޑްމިޝަން ފީއާއި، ޓިއުޝަން ފީއާއި ސްޓައިޕެންޓް ކޭ.ޑީ.އައި ސްކޫލުން ދެއްވުމަށް ހަމަޖެހިފައިވާއިރު ދެކޮޅު ޓިކެޓް ކޮލޮމްބޯ ޕްލޭންއިން ހަމަޖައްސަވައި ދެއްވާނެއެވެ. މީގެއިތުރު ޚަރަދެއް ހިނގާނަމަ އެޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓް އަމިއްލައަށެވެ.  

* މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރު ފެބްރުވަރީ މަހުގައެވެ.

* މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ކޭޑީއައި ސްކޫލްގެ އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށްފަހު 7 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 9:00 ގެ ކުރިން މިމިނިސްޓްރީއަށް އެޕްލިކޭޝަން ފޮނުވަން ޖެހޭނެއެވެ. ކޭޑީއައި ސްކޫލްގެ އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި ބަޔާން ކުރެވިފައިވާނެއެވެ.   

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

* ސްކޮލަރޝިޕްގެ ވަގުތީ ނަތީޖާ އާންމުކުރާނެއެވެ. މި ނަތީޖާ އާންމުކުރާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ މުއްދަތަށް ބެލުމަށްފަހުގައެވެ. އަދި ވަގުތީ ނަތީޖާއާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، މި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި "އެނެކްސް 1" އިން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން

ވަގުތީ ނަތީޖާ އާންމުކުރުން: 03 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހު

ދާއިމީ ނަތީޖާ އާންމުކުރުން: 05 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހު

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3026966 / 3026941 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

23 އޮގަސްޓް 2023