ދިވެހިރާއްޖެ
އިއުލާން
ބިމެއް ކުއްޔަށް ދޫކުރުން.
އައިސްޕުލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ފ.ނިލަންދޫ ތެޔޮސެންޓަރު "އައްޑަނަ" ގެ ހުޅަނގުން އޮތް ހުސް ބިމުން 2200 (ދެހާސް ދުއިސައްތަ) އަކަފޫޓުގެ ބިން 01 ސެޕުޓެންބަރު 2023 އިން ފެށިގެން 15 (ފަނަރަ ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)374-C/374/2023/30 (13 އޮގަސްޓް 2023 ) ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިއުލާން ބާތިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިބިމަށް ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/0.70 (ހަތްދިހަ) ލާރިއެވެ.
ވީމާ ބިން ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ސެޕުޓެންބަރު 05 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އައިސްޕުލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ފ.ނިލަންދޫ ތެޔޮސެންޓަރު "އައްޑަނަ" ގެ ހުޅަނގުން އޮތް ހުސް ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިންކުއްޔަށް ހިފުމަށް ސިޓީ ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީތަށް ބަލައެއް ނުގަނެވޭނެއެވެ.
ދަންނަވަމެވެ. މިބިމަށް އެދި ސިޓީ ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭނާއި ، ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައި.ޑީކާޑްގެ ސާފު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. ބިން ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.